ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޫޑިޝީއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

އެގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމެއްގައެެވެ.

ޖޭއެސްސީން ޝުޖާއު އުސްމާނާއި ގުޅޭ ގޮތުން މައްސަލަތަކެއް ބަލަމުންދާކަން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. މައްސަލަތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު އިއްޔެ ވަނީ ހަމަވެފައެވެ.

ފަނޑިޔާރު ޝުޖާއު އުސްމާނާއި އާ ގުޅޭގޮތުން ބަލަމުން ގޮސްފައި ވަނީ ދެ މައްސަލައެކެވެ.އޭގެ ތެރޭގައި ހިމެނޭ ފުރަަތަމަ މައްސަލައަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި މައްސަލައެވެ.

އަދި ދެވަނަ މައްސަލައަކީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެމަނަފުށީ މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކުރިކަމަށް ބުނާ މައްސަލައެެވެ.

ކްރިމިނަލް ކޯޓްގެ ފަނޑިޔާރެއްގެ ގޮތުގައި ޝުޖާއު މަސައްކަތް ކުރައްވަމުން ދަނިކޮށް، ހައިކޯޓްގެ ފަނޑިޔާރު ކަމަށް ހަމަޖެއްސީ، 2015 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަނަމަނަ

    ހުރިހާފަޑިޔާރުން އެއްގަލަކަންއަރާ ޖޭއެސްސީ ސައިޒްކުރަންވެއްޖެނުން ތީދެންމިހާރު މުސީބާތެއްކަހަލަތަނެއް މީސްމީހުންގެ ގަޔައްބޮލައްއެރުންނޫންކަމެއް ތިތަނަކުންނުކުރޭ

    15
    3
  2. Anonymous

    ޔާﷲ، ޔާﷲ، ޔާﷲ، ޔާﷲ، މި ޖައްބާރު ވެރިކަން އަވަ ސް މުއްދަތެއްގައި ނިމިދިއުމުގެ ހެޔޮ ތައުފީގު މިންވަރު ކުރަށްވާށި.

    12
    2
  3. މާމީ

    މިހާރު ނަޝީދު އިސްވެހުރެ އަދި އޭނައައް ލޮލާ ލޯ ދިމާވާ ގުރޫޕެއްލައިގެން ރާއްޖޭގެ ޖުޑިޝަރީ މުޅިން ހަލާކުކޮއް ހުޅަގުގެ ފަލްސަފާ އައް ގެންގޮސް ނިއްމާލަނީ އަދިވެސް ދިވެހިން ހޭއަރާކައް ނުވޭތޯ؟ މީ އެއްކަލަ އިމްރާނު ބުނި ހުޅަގުގެ އެޖެންޓު،،،،،

    12
    1
  4. މާމީ

    ޝުޖާއު ކެމްޕޭނެއްގަ ބައިވެރިވެގެން ވަކިކުރާއިރު މިސަރުކާރު ހޮވަން ދޮގުތައް ހަދަން ސުޢޫދު އަދި ޚާއްސަކޮއް އޭޖީ ރިފުއަތުމެން ދިއަކަން ދިވެހި ހުރިހާރައްޔިތުން ނައް އެނގޭ ތީ ހަމަ ޒާތީ ހަސަދައެއް ފިލުވާލަނީ . ހަޖަމުނުވެގެން

    12
    2
  5. ބުއްޅަބޭ

    ޔާމީނުގެ މައްސަލައަކީ ރަނގަޅު ހުކުމެއްނޫންކަމަށް ބުނާ ކޮންމެ ގާޒީއަކުވެސް ބޭރުކުރަންހިފާފަ އެއޮތީ! މިއީތަ އެބުނާ އިންސާފަކީ؟!

    14
    2