ކޮވިޑް-19 ޖެހިގެން އިންޑޮނޭޝިއާއިން އިތުރު 1،604 މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19 ގެ ފަހުގެ މައުލޫމާތު ގެނެސްދޭ ގައުމީ އިދާރާއަކުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންޑޮނޭޝިއާއިން އިތުރު 1،604 މީހަކު މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 95،723 އަށް އަރާފައެވެ.

އެގައުމުން އިތުރު 1،604 މީހަކު މި ބަލީގައި މަރުވެފައިވާއިރު، ފާއިތުވި ދުވަސްތަކުގައި ވެސް މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 1،500 އިން މަތީގައެވެ.

އެގައުމުން އިތުރު 30،738 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، މިހާތަނަށް 3،440،396 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ، އަދި 2،809،538 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މި ބަލި ޖެހިފައި ތިބި 535،135 މީހަކު މި ވަގުތު އެގައުމުގައި ތިބިއިރު، އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދުނިޔޭގެ 220 ގައުމަކާއި ސަރަހައްދެއް ހިމެނޭ ގޮތަށް ކޮވިޑް ފެތުރިފައިވާއިރު، ފާއިތުވި 24 ގަޑިއިރެއްހާތެރޭ، 30 ގައުމަކުން 3،917 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ. އަދި ޖުމްލަ 201،202 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

މުޅި ދުނިޔެއަށް ބަލާއިރު، ބަލި ޖެހުނު މީހުންގެ އަދަދު 198،08،977 އަށް އަރައެވެ. އޭގެ ތެރެއިން 179،404،670 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 4،236،353 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.