ކޮންމެ މުސްލިމް އަންހެނަކުވެސް ކައިވެނި ކުރާ ދުވަހެއްގައި އެމީހެއްގެ ފިރިމީހާއާއި ކައިވެނިކުރަން ރަން ކިޔަން ވީ އެއްޗެއް ނުވަތަ އަދަދެއް ކަނޑައަޅާނީ ވަރަށް ވިސްނާފައެވެ. އެއް ބަޔަކު އަދަދެއް ކަނޑައެޅުމުގައި އެމީހަކަށް ރީތި އަދަދެއް ނުވަތަ އަގުހުރި އެއްޗަކަށް އެދެއެވެ.

އިންޑޮނޭޝިއާގެ މި ޖޯޑު ކައިވެނިކުރި ދުވަހުގައި ރަންކިޔާފައިވަނީ ތަފާތު އެއްޗަކަށެވެ. މިއާއެކު މުޅި މީސް މީޑިއާގެ ސަމާލުކަމަށް މިކަން އައިސްފައި ވެއެވެ.

އެގޮތުން، އަންހެންމީހާގެ ބޭބެ ވަނީ އިންޓަނެޓްގައި ކައިވެންޏަށް ރަން ކީ ވަގުތުކޮޅުގެ ވީޑިއޯއެއްވެސް ޕޯސްޓްކޮށްފައެވެ. އެ ވީޑިއޯގައި ފެނިގެންދަނީ އަންހެން މީހާގެ ބައްޕަ ކައިވެންޏަށް ކަނޑާއެޅިފައިވާ ރަން އިއުލާން ކުރާ ތަނެވެ. އަންހެންމީހާގެ ބައްޕަ އޭނާގެ ދަރިފުޅާއި ފިރިހެންމީހާ ކައިވެނި ކުރަން ޝަރުތު ކޮށްފައިވަނީ 21 ގްރާމްގެ ރަން، ނަމާދުކުރަން އަޅާ ހެދުން ސެޓްގެ އިތުރަށް އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންޑް ކޯލްޑް ޕްލޭ ކޮންސަޓްގެ ޓިކެޓަކަށެވެ.

މި ވީޑިއޯއަށް ކޮމެންޓްކޮށްފައިވާ މީހަކު ބުނެފައިވާ ގޮތުގައި ކޯލްޑް ޕްލޭއިން ކުރިއަށް އޮތް ތަނުގައި މުޅިން އަލަށް އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސަޓްގެ ޓިކެޓް ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، އެ އަންހެން މީހާގެ ވާން އުޅޭ ފިރިމީހާއަށް ކޯލްޑް ޕްލޭގެ ޓިކެޓެއްް ހޯދުމަކީ 'ހަނގުރާމައެއް ކުރުމާއި' ގާތް ކަމެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވެއެވެ.

ޖަކާޓާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންސަޓްގެ ހުރިހާ ޓިކެޓްތައް ވިކި ހުސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ރާއްޖޭގެ އޮލިމްޕަހުގައި ނުވިކިހުރި ބައިވަރު ޓިކެޓް އެބަހުރި ، ލޯބިވެވިއްޖެ ، ލޯބިނުވެވިއްޖެ ، ލޯބިވާނަން ، ލޯބިނުވާނަން ، ކޮންމެ ފިލްމެއް ވެސް ވަރަށް ތަފާތުވާނެ ، ޓިކެޓް ނަގައިގެން ބެލީމަ ފެއްނާނީ ހަމަ ގުރީން ސެލަޑު ގަނޑެއް