އިންޑޮނޭޝިއާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސިސްމޮލޮޖީން ބުނީ، ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާ ކައިރީގައި އޮންނަ ބަނޑާ ކަނޑަށް ކަމަށެވެ.

މި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑު 6.0 ގެ ބާރުމިނުގައި ކަނޑުގެ އަޑިން 175 ކިލޯ މީޓަރު އަޑިންނެވެ.

ބަނޑާ ކަނޑަކީ އިންޑޮނޭޝިއާއާއި 1،510 ކިލޯމީޓަރުގައި އޮންނަ ކަނޑެކެވެ.

މި ބިންހެލުމާއި ގުޅިގެން އިންޑޮނޭޝިއާއަށް ބިންހެލުމުގެ އަސަރު ކުރި ކަމެއް އަދި އެއްވެސް މީޑިއާ އަކުން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

އިތުރު ތަފްސީލް އަންނަނީ...