ސުވިޒަލޭންޑުގެ އެއާޕޯޓެއް ކަމަށްވާ ޖެނީވާ އެއާޕޯޓުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެއާޕޯޓާއި ޖެހިގެން ކަހަލަ ގޮތަކަށް ހުންނަ އިމާރާތެއްގައެވެ. ނަމަވެސް އަލިފާން ރޯވާން ދިމާވި ސީދާ ސަބަބު އެގައުމުން ހާމަ ކޮށްފައެއް ނުވެއެވެ.

ޖެނީވާ އެއާޕޯޓުގެ ސްޕޯކްސްޕާސަން ބުނެފައިވަނީ އަލިފާން ރޯވެފައިވަނީ ހިމާޔަތް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ހަދަމުން އަންނަ އިމާރާތެއްގައި ކަމަށާއި އަލިފާނުގެ ސަބަބުން އެއާޕޯޓުން ފްލައިޓް ފުރުމާއި ޖެއްސުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މިހާދިސާއާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް ޒަހަމްވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.

ޖެނީވާ އެއާޕޯޓަކީ ޒުރިޗް އެއާޕޯޓު ފިޔަވައި އެގައުމުގެ ދެވަނަ އަށް އެންމެ ބާރުބޮޑު އެއާޕޯޓެވެ. މިއެއާޕޯޓުގެ ރަންވޭ އޮންނަނީ ފްރާންސްގެ ބޯޑަރު ޖެހިގެން ކަހަލަ ގޮތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢިންޖިނިއަރ އެޑިލް

    ޖެނީވާ އެއަރޕޯޓް ގެ ސްޕޯކްސް ޕާސަން އަކީ ކަންނެލި ހަސަނު ކަހަލަ ގަމާރަކަށް ނުވާނެ ކަމަށް ދެކެން

  2. رشبد

    ވިލާތު އެއްވެސް މީހަކު ޒުުރިޗް އޭ ކީ އަޑެއް ނާހާ ކަމަށާއި އެމީހުން ކިޔައި އުޅެނީ ޒިޔުރިކް ނުވަތަ ޒިޔުރިޚްް ކަމަށް ސަންދާނު ލުޠުފީ ބުނަނީ

  3. رشبد

    ވިލާތު އެއްވެސް މީހަކު ޒުުރިޗް އޭ ކީ އަޑެއް ނާހާ ކަމަށާއި އެމީހުން ކިޔައި އުޅެނީ ޒިޔުރިކް ނުވަތަ ޒިޔުރިޚްް ކަމަށް ސަންދާނު ލުޠުފީ ބުނަނީ