ބޭނުންވާ ތަކެތި

250 ގ. ފުށް

01 މޭޒުމަތީ ސަމުސާ ބަޓަރ

01 ސައިސަމުސާ ހިކި ކިރު

01 ސައިސަމުސާ ހަކުރު

02 ސައިސަމުސާ އީސްޓް

02 ފިޔާ ހިމުންކޮށް ކޮށާފައި

01 ޖޯޑު ޕީލްޑު ޓޮމާޓޯ

1/3 މުގުރި އަސޭމިރުސް

1/2 ސައިސަމުސާ އަޖިނަމޮޓޯ

01 ދަޅު މަސް

01 ޖޯޑު ޗީޒް ގާނާފައި

ރަހަލާވަރަ ލޮނު

ތައްޔާރު ކުރާނެ ގޮތް

ފުށާއި އީސްޓް، ބަޓާރ، ކިރު، ހަކުރު އެއްކޮށްފައި ތާފަނާ ފެނުން ފުށްގަނޑު މޮޑެފައި މަތި ބަންދު ކޮށްފައި ބާއްވާށެވެ. ދެން ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާކޮޅު އަޅާފައި ފިޔާކޮޅު މޯޅިވީމާ މަސް ޕީލްޑު ޓޮމާޓޯ އަޖިނަމޮޓޯ ލޮނު އަސޭމިރުސް އެއްކޮށް ލާފައި ރޯފިލުމުން އުންދުން މަތިން ބާލާށެވެ. ފުށްގަންޑު ހަތަރު ބައި ކޮށްލާށެވެ. ފުއް ގުޅައެއް ދަމާލާފައި މަސްގަނޑު ފަތުރާލާށެވެ. މައްޗަށް ޗީޒް އެޅުމަށްފަހު އޮޅާލާށެވެ. އެއަށް ފަހު 1/2 އިންޗި ހުންނަ ވަރަށް ކަފާލާށެވެ. ޓްރޭގައި ބަޓަރުކޮޅެއް ހާކާފައި ޕިއްޒާ ރޯލްސްތައް އަތުރާލުމަށްފަހު އަވަނުން ފިހެލާށެވެ.