އޭނާގެ ލޯބިވެރިޔާއަށް އަދިވީ އެންމެ 17 އަހަރެއެވެ. އެ ލޯބިވެރިޔާ ދެކެ އިންތިހާއަށް ލޯބިވާ އެ ޒުވާނާ ކުރިމަތީ އޭނާގެ ލޯބިވެރިޔާ ރޭޕްކޮށްލީ އެއްވެސް ކަހަލަ ރަހުމެއް ނެތް ބައެއް ކަން ޔަގީނެވެ. އިންޑިއާގެ ކޮރްބާ ސިޓީގައި މި ހާދިސަ ހިނގާދިޔައީ މި މަހުގެ އެއް ވަނަ ދުވަހުގެ ނަމަވެސް އެކަން ފުލުހުންގެ ސަމާލުކަމަށް އައިސް މައްސަލަ ބަލަން ފަށާފައި ވަނީ ވަރަށް ފަހުންނެވެ.

އިރުއޮއްސުނު ފަހުން އުމުރުން 21 އަހަރުގެ އެ ޒުވާނާގެ އާއި އޭނާގެ ލޯބިވެރިޔާ ސްކޫލް ކައިރީ ހުއްޓާ ރޭޕްކުރީ، ދެ މީހަކު ވެގެން އެ އަންހެން ކުއްޖާ ރޭޕްކުރިއެވެ.

އުމުރުން 22 އަހަރުގެ ފިރިހެނަކާއި، 21 އަހަރުގެ ފިރިހެނަކުވެގެން އެ އަންހެން ކުއްޖާ ސްކޫލް ކައިރީގައި ރޭޕްކުރިއިރު، އެ ވަގުތު އޭނާގެ ލޯބިިވެރިޔާ ހުރީ ހަދާނެ ގޮތެއް ނޭގިފައެވެ. އެ ކުއްޖާ ރޭޕްކޮށްފައި ވަނީ ދެ މީހުންނަށްވެސް ވަރަށް އަނިޔާ ކުރުމަށްފަހުއެވެ. އެ ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވެފައި ވަނީ އޭނާގެ ރަހުމަތްތެރިން ކަމަށް ވެއެވެ.

އެ ޒުވާނާ އެންމެ ލޯބިވާ ކުއްޖާ އޭނާގެ ކުރިމަތީ ރޭޕްކުރަމުންދިޔަ އޭނާއަށްވެސް އެވަގުތު ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަހަލައެވެ. ރަހުމް ކުޑަ ދެ މީހުން އޭނާ ކުރިމަތީ އޭނާގެ ލޯބިވެރިޔާ ޖަހައިގަތީއެވެ. އަދި އަނިޔާ ކުރީއެވެ. އަދި ދެ މީހުން ވެގެން އެ ލޯބިވެރިޔާ ރޭޕްކުރީއެވެ.

އަދި އޭގެ އަނެއް ދުވަހު އެ ކުއްޖާ ވަނީ އެކަން އެ އަވަށުފައި އުޅޭ ގިނަ ބައެއްގެ ސަމާލުކަމަށް ގެނެސްފައެވެ. އެ ވާހަކަތަކާއި އެ މަންޒަރުތަކަށް ކެތްނުވެގެން އެ ޒުވާނާ އަމިއްލައަށް މަރުވިއިރު، އެ މައްސަަލައާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައި ވަނީވެސް މިދިޔަ ބުދަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މާމިގިލީ މީހާ

  އަބަދުވެސް ވަގުތު ނޫހުން ލިޔާނީ މިކަހަލަ ތާކުން ތާކު ނުޖެހޭ ކޮސް ހަބަރު.. ފޭކު ނޫހެއްމީ،

 2. Anonymous

  ތިއިީހަމަ ތެދެއް މިއީ ވ ފޭކުބައެއް

 3. ރިހާކުރާބެހޭ ސައިންސްވެރިޔާ!

  އިންޑިޔާގެ ވަހްޝީކަމުގެ ވާހަކަ ލިޔުނީމާ ވަގުތުނޫސް ފޭކް ނޫހަކަށް ވީދޯ!

 4. ސައްޕެ

  އެމް.ޑީ.ޕީ އާއެއްކޮޅައް ހަބަރު ނުލިޔާތީ ފޭކުވީ ރޭޕް އިންޑިޔާ އަކީ އެމް.ޑީ.ޕީ ގެބައިވެރިއެއް އިންޑިޔާ ގަހިނގާ ގޯސްކަންތަކުގެ ވާހަކަ ޖަހާކައް މިވެރިން ބޭނުމެއް ނުވޭ މީވަރައް ވާހަކަ

 5. އަހައްމާ

  ބަލަ އަމިއްލަޔަށް މަރުވީމަ އެއީ ކުއްލި މަރަކަށް ވޭތަ؟؟ އިންޑިޔާގަ ތިކަން ތިގޮތަށް އޮތަށް ރާއްޖޭގެ ދީން ގެއްލުވާލަން މަސައްކަތް ނުކޮށްބަަލަ