ޕަޓްނާ ޝުކްލާގެ ޕްލޭބެކް ލަވަކިޔުންތެރިއެއްގެ ގޮތުގައި ޝެހެނާޒް ގިލް ޑެބިއުކޮށްފިއެވެ.

އިންސްޓަގްރާމްއަށް ގޮސް ޝެހެނާޒް ވަނީ ލަވަ ވީޑިއޯ ދައްކާލައި އޭނާގެ އިހުސާސްތައް ހިއްސާކޮށްފައެވެ. ލަވަ ވީޑިއޯ ޝެއާ ކުރަމުން އޭނާ ލިޔެފައި ވަނީ މިއީ އޭނާގެ ފުރަތަމަ ފިލްމެއްގެ ޕްލޭބެކް ލަވަކިޔުންތެރިއެއްގެ ގޮތުގައި ކިޔާ ފުރަތަމަ ލަވަ ކަމަށެވެ. ލަވައިގެ ނަމަކަށް ބުނެފައިވަނީ "ދިލް ކިޔާ އިރާދާ ތެރާ" އެވެ.

އެނާއަށް އެ ފުރުސަތު ދިން ކަމަށްޓަކައި އަރްބާޒް ޚާންއަށް ވަނީ ޝުކުރުވެސް އަދާކޮށްފައެވެ. އަދި ލަވަ އަޑުއަހާފައި ނުވާނަމަ އޭނާގެ ބަޔޯގައިވާ ލިންކްއަށް ފިއްތާލުމުން ފެންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ލަވަ ކްރޫންކޮށްފައި ވަނީ ޝެހެނާޒް ގިލް އެވެ. މި ލަވަ ލިޔެފައިވަނީ މަނޯޖް ކުމާރު ނާތުއެވެ.

ދާދި ފަހުން ފިލްމު އުފެއްދި ފަރާތްތަކުން ވަނީ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އިމްތިހާނެއްގައި ގޯސްކޮށް ފެއިލްވި ދަރިވަރަކަށް ރަވީނާ އެހީތެރިވާ ގޮތް ދައްކުވައިދޭ ފިލްމުގެ ޓްރެއިލާ ދައްކާލާފައެވެ.

ދަރިވަރަށް އިންސާފު ހޯދައިދިނުމަށް ހަނގުރާމަ ކުރަމުން ދަނިކޮށް ރަވީނާއަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވާ މަންޒަރު ފެނެއެވެ. މަރުޙޫމް އެކްޓަރު ސަތީޝް ކައުޝިކް ވަނީ ކޯޓު ރޫމްގެ މި ޑްރާމާގައި ފަނޑިޔާރެއްގެ ރޯލު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު