ވަރުން ދަވަން އޭނާގެ ބައްޕަ އަދި ޑައިރެކްޓަރު ޑޭވިޑް ދަވަނާ އެކީ މަސައްކަތް ކުރަން އޮތް ފިލްމު ރިލީޒްކުރާ ތާރީހު ހަމަޖައްސައިފިއެވެ.

ނަން އަދި އިއުލާން ނުކުރާ މި ރޮމޭންޓިކް ކޮމެޑީ ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު 2 ގައި ކަމަށް މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުންޏެވެ. މި ފިލްމަކީ ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ބައްޕަ ޑޭވިޑާ އެކީ ވަރުން ކުރިން ތިން ފިލްމެއްގެ މަސައްކަތްކޮށްފައިވެއެވެ. އެއީ 2020 ގެ "ކޫލީ ނަމްބަރު 1" އާއި 2017 ގެ "ޖުޅުވާ 2" ގެ އިތުރުން 2014 ގެ "މޭ ތޭރާ ހީރޯ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މެއި/ޖޫން ހިސާބުގައި ޝޫޓިން ފެށުމުގެ ތައްޔާރީތައްވަމުން އަންނަ ފިލްމުގައި ދެ ބަތަލާ އެކު ހިމެނޭނެއެވެ. އެއީ މުރްނާލް ތާކޫރާއި ރަކުލް ޕްރީތު ސިންގްއެވެ. އެކަމަކު ޓީމުން ރަސްމީކޮށް ފިލްމު އިއުލާން ނުކުރާތީ އެކަން އަދި ކަށަވަރެއް ނުވެއެވެ. މުރްނާލް އާއި ރަކުލް އަކީ އަދި މިހާތަނަށް ވަރޫންއާ އެކީ މަސައްކަތްކޮށްފައި ނުވާ ދެ ބަތަލާއިންނެވެ.

ވަރޫންގެ ކުރިއަށް އޮތް ފިލްމަކީ މެއި 31 އަށް ތާވަލުކޮށްފައި އޮތް "ބޭބީ ޖޯން" އެވެ.

ކިޔުންތެރިންގެ ހިޔާލު