ފާއިތުވި އަހަރުތަކުގައި ބައިނަލްއަގްވާމީ ފެންވަރުގައި ހަރަކާތްތެރިވުން ވަރުގަދަކޮށްފައިވާ ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން މެޓް ގާލާ 2024 ގައި ބައިވެރިނުވާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

"ދިޕިކާ ޕަދުކޯން އަކީ މެޓް ގާލާ ރެޑް ކާޕެޓްގައި އާންމުކޮށް އުޅޭ މީހެއް،" ޕިންކް ވިލާއަށް މައުލޫމާތު ދިން މީހަކު ބުނެފައި ވެއެވެ.

ހާއްސަކޮށް އޭނާ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ބްރޭންޑް އެމްބެސެޑަރު ކަމަށް ވާއިރު، މި އަހަރުގެ މެޓް ގާލާގައި އޭނާ ފެންނާނެ ކަމަށް ބެލުންތެރިން އިންތިޒާރު ކުރެއެވެ. ނަމަވެސް ދީޕިކާ މިހާރު އަންނަނީ މި އަހަރުގެ ފަހުކޮޅު ރިލީޒްކުރާ "ސިންގަމް 3" ގެ ޝޫޓިންގެ ތެރޭގައި ހަރަކާތްތެރިވަމުންނެވެ. އަދި މި އަހަރުގެ މެއި މަހު ރިލީޒްކުރާ ކަލްކީ 2898 ގައިވެސް އޭނާ ފެނިގެން ދެއެވެ. މި ފިލްމަކީ މި އަހަރުގެ މެޓް ގާލާއާ ދިމާކޮށް ރިލީޒް ކުރާ ފިލްމެކެވެ.

"އެހެންވީމަ މިފަހަރުގެ ހަރަކާތުގައި އޭނާ ފެނިގެން ނުދާނެ،".

މީގެ އިތުރުން ދީޕިކާ އާއި ރަންވީރު ސިންގް އަށް ފުރަތަމަ ދަރިއަކު ލިބެން އުޅޭކަން ވަނީ ހާމަކޮށްފައެވެ. މި ދެމަފިރިން ވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ދަރިއަށް ލިބޭ އުޅޭކަމުގެ ވާހަކަ ހިއްސާ ކޮށްފައެވެ.

ދީޕިކާ ޕަދުކޯން މެޓް ގާލާގައި އެންމެ ފުރަތަމަ ބައިވެރިވެފައި ވަނީ 2017 ވަނަ އަހަރު ޓޮމީ ހިލްފިގާގެ ގައުނަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު