މި ފަހުން ސިނަމާތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ކަމަށްވާ "ތޭރީ ބާތޯމޭ އެއިސާ އުލްޖާ ޖިއާ" މިވަނީ އެމެޒޯން ޕްރައިމް ވީޑިއޯއަށް ދޫކޮށްލާފައެވެ.

މި ފިލްމަކީ ކްރިތީ އާއި ޝާހިދު ކަޕޫރު އެއްކޮށް ކުޅުނު ފުރަތަމަ ފިލްމެވެ.

މިދިޔަ ފެބަރުއަރީ މަހު ސިނަމާތަކަށް ދޫކޮށްލި މި ފިލްމަށް ބެލުންތެރިންގެ ފަަރާތުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

މި ފިލްމުގައި ކްރިތީ ކުޅެފައިވަނީ ރޮބޮޓެއްގެ ރޯލެކެވެ. މި ފިލްމަކީ މި ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ.

މި ފިލްމަކީ ރޮމޭންޓިކް- ކޮމެޑީ ގޮތަކަށް އުފައްދާފައިވާ ފިލްމެކެވެ.

ޝާހިދަކީ ނޯތު އިންޑިއަން ޖޮއިންޓް އާއިލާއެއްގައި އުޅޭ މީހެއް ކަމަށާއި، އެ އާއިލާގައި ހިމެނެނީ އޭނާގެ ބައްޕަގެ ރޯލުން ރާކޭޝް ބެޑީ، ކާފަގެ ރޯލުން ދަރުމެންދްރާ، އަދި ރާޖޭޝް ކުމާރު އަދި ރޮޒޭޝް ސާރާބައި ފަދަ ދަންނަ މޫނުތަކެވެ.

މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ "މެޑޮކް ފިލްމްސް" އަށް އަމިތު ޖޯޝީ އާއި އަރާދަނާ ސާހް ޑައިރެކްޓްކޮށްދީފައިވާ ފިލްމެކެވެ. މީގެ ކާސްޓްގައި ދަރުމެންދުރާ އާއި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު