ކައިވެނި ހަފްލާގެ ދައުވަތު ކާޑު ބަހަން ދިޔަ އިންޑިއާ މީހަކު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ވިޝާލް ބިވާ ނިލެވަދް ނަމަކަށް ކިޔާ މީހަކާއި އޭނާގެ ބޭބެ، 25 އަހަރުގެ އަކާޝް ބޮންދިބާ ނިލެވަދް ނަމަކަށް ކިޔާ ދެމީހުންނެވެ. މީގެ ތެރެއިން ކައިވެނި ކުރަމަށް ހަމަޖެހިފައިވަނީ 22 އަހަރުގެ ވިޝާލްއެވެ.

އެމީހުން މަރުވެފައިވަނީ ކައިވެންޏަށް ހަފްތާއެއް ވެފައިވަނިކޮށް، ކާޑު ބަހަން ސައިކަލުގައި މިއަދު ނުކުމެ އުޅެނިކޮށް، މަހަރަސްތްރަގެ ލާތޫރު އަވަށުގައި ހިނގި އެކްސިޑެންޓެއްގައެވެ. އެކްސިޑެންޓްގައި އެމީހުން މަރުވެފައިވަނީ ލިބުނު ޒަހަމްތަކާއި ގުޅިގެން އެކްސިޑެންޓް ހިނގި ސަރަހައްދަށް ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މިހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް މީޑިއާތަކުން ހާމަކޮށްފައި ނުވާއިރު، ފުލުހުން މިހާރު ވަނީ ހާދިސާގެ ތަހުގީގެއް ފަށާފައެވެ.

ކާރުބާރު ބޮޑު އިންޑިއާގައި މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައިވެއެވެ. ރިޕޯޓްތަކުން ދައްކާ ގޮތުގައި މިފަދަ ހާދިސާތައް އެގައުމުގައި އިތުރު ވަނީ ވެހިކަލްތައް ގިނަވެ، ދުއްވާ މީހުން ވެސް ބަލަން ޖެހޭ ވަރަށް ބަލައިގެން ނުދުއްވާތީއެވެ. އެހެން ކަމުން އެގައުމުގެ ބޮޑެތި މަގުތަކުގައި އަބަދު ވެސް ފުލުހުން ހަރަކާތްތެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު