މަޝްހޫރު ކޭ-ޑްރާމާ ސައުންޑްޓްރެކްތަކަށް ހިތްގައިމު ލަވަތަކެއް ކިޔާދީފައިވާ މަޝްހޫރު ސައުތު ކޮރެއާގެ ލަވަކިޔުންތެރިޔާ ޕާކް ބޯ ރާމް އުމުރުން 30 އަހަރުގައި މަރުވެއްޖެއެވެ.

އޭނާ މަރުވި ސަބަބު ދަނީ ތަހުގީގު ކުރަމުންނެވެ.

އޭޕްރިލް 11 ވަނަ ދުވަހުގެ ރޭ އޭނާ މަރުވީ ކުއްލިއަކަށެވެ.

ޕާކް ބޯ ރާމްގެ އެޖެންސީ ޒަނާޑޫ އެންޓަޓެއިންމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުރިހާ ފަންނާނުންނާއި އެގްޒެކެޓިވްއިންވެސް ދަނީ އެ މަރާއި ގުުޅިގެން ހިތާމަ ފާޅު ކުރަމުންނެވެ.

"ޕާކް ބޯ ރާމްއަށް ތާއީދުކުރާ ހުރިހާ ސަޕޯޓަރުންނަށް ކުއްލިއަކަށް މި ހަބަރު ހިއްސާ ކުރަން ޖެހުމަކީ އެއަށްވުރެ ވެސް ހިތާމަހުރި ކަމެއް.".
އެ އެޖެންސީގެ ބަޔާނުގައި ވެއެވެ.

އޯލްކޭޕޮޕުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކް ބޯ ރާމް މަރުވުމުގެ ކުޑަ އިރުކޮޅެއް ކުރިން ޕްރައިވެޓް އިވެންޓެއްގައި ބައިވެރިވި ކަމަށް ނަމްޔަންގްޖޫ ޕޮލިސް ސްޓޭޝަންގެ އިންވެސްޓިގޭޓަރުން ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ހަފްލާގައި އޭނާ ދިޔައީ ދެ ރަހުމަތްތެރިންނާ އެކުގައެވެ. އެ ރޭ 9:55 ހާއިރު މިސް ބޯ ރާމް ފާހަނައަށް ގޮސް އެނބުރި ނައިސްގެން، ކަންބޮޑުވެގެން އޭނާއަށް ވީގޮތެއް ބަލަން ދިޔަ މީހުންނަށް އޭނާ ސިންކުމަތީގައި އޮށޯވެލައިގެން ހޭނެތިފައި އޮއްވާ ފުނުނު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 17 އަހަރުގައި 2010 ވަނަ އަހަރު ޕާކް ބޯ ރާމް މަޝްހޫރުކަން ހޯދީ ލަވަކިޔުމުގެ މުބާރާތް ކަމަށްވާ ސުޕަ ސްޓާ ކޭ2 ގައި އޭނާގެ ހުނަރުންނެވެ.

އޭނާއަކީ އެތައް އެވޯޑެއްވެސް ހާސިލްކޮށްފައިވާ ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކިމް

    އެތައް އެވޯޑެއް ލިބުނަސް - ދެން އޮތީ ނަރަކަ

    13
    12
    • ނަނަނަ

      އޭނަ ނަރަކައަށް ދިޔައިމަ ކަލެއަށް ހުރި އުފާވެރިކަމަކީ ކޮބާ؟ އޭނަ ކަލެއަށް ދިނީ ކޮން އަނިޔާއެއް؟

      10
      7
      • ފ

        ފިރޯނުމެން ކަލަކު ކަމަށް ދައުވާ ކުރީ. ޝައިތާނުން އުޅޭ ވަސްވާސް ދޭން. ސަމާލުވާތި މީސްތަކުންނޭ

        9
        1
  2. ހ

    ބަޔަކު ކުރިކަމަކާ ވައްތަރީ

    14
  3. ރިންކޫ

    އަހަރުމެނަކަށް ނުނިންމޭނެ އޭނަ ދާނީ ނަރަކަޔަށްތޯ ސުވަރުގެއަށް ތޯ/// އެަީ ﷲ ނިންމެވުމެއް...

    11
    1
  4. އިޓާޗީ

    ސައުތު ކޮރެއާގައި އަބަދުވެސް ތަރިން އާންމުކޮށް ޅަ އުމުރުގައި މަރުވެއްޖެނަމަ، އެ އަމިއްލައަށް މަރުވީ. އެއީ މީހުން އަމިއްލަ ފުރާނަ ނަގާލުން ވަބާ އަކަށް ވެފައިވާ ގައުމެއް. ކޭ ޕޮޕް ލަވަކިޔުންތެރިޔާ ޖޮންގްހިޔަން އެގޮތަށް އަމިއްލައަށް މަރުވިފަހުން އޭނާގެ މަޝްހޫރު 2 ރަހްމަތްތެރިއެއްވެސް އަމިއްލައަށް މަރުވި. ފަހަކަށް އައިސް އެމީހުންގެ އިންޑަސްޓްރީ ބޭރު ދުނިޔޭގައި ހީނަރުވެދާނެތީވެ އެމީހުންގެ ތަރިން އަމިއްލައަށް މަރުވީކަމެއް އިއުލާނެއް ނުކުރެ. އަނެއްކާ ގިނަ އާއިލާތަކުން ބޭނުމެއްވެސް ނުވާނެ. އެހެންވެ އަބަދުވެސް ތަހުގީގު ކުރަނީ ކަމަށް ބުނެފައި ނިންމާލާނީ. އެމީހުންގެ އިންޑަސްޓްރީގައި އަނދިރި ކަމާއި ކުރިމަތިލާން ސައުތު ކޮރެއާ ސަރުކާރުން ބޭނުމެއް ނުވެ.

  5. އާދަނު

    މުދަލާ ފައިސާއާ ޖާހަށްޓަކައި އެއްބަޔަކު އަނެއްބަޔަކު ތަޅާ ދެރަކުރަމުންދާއިރު ދުނިޔެއަކީ މިކަހަލަ ތަނެއްކަން ދަންނައެވެ!