ރާއްޖޭގެ ކާމިޔާބު ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ޑައިރެކްޓު ކުރި ފިލްމު "ލަސްވިޔަސް" ޕްރިމިއާކޮށްފިއެވެ.

ޓެޑްރީ ޑައިރެކްޓް ކުރި ދެވަނަ ފިލްމު ޕްރިމިއާ ކުރީ އޮލިމްޕަހުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ރެޑްކާޕެޓް އިވެންޓުގައި ފިލްމުގައި ފެނުނު ތަރިންނާއި ފިލްމީ ދާއިރާގެ ގިނަ ފަންނާނުން ބައިވެރިވިއެވެ.

މި ފިލްމަކީ ކެންސަރު ޖެހިފައިވާ ކުޑަ އަންހެން ކުއްޖެއްގެ ހަޔާތުގެ ވަށައިގެން އެނބުރޭ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. ލޯތްބާއި، ހިތާމައިގެ އިތުރުން ދިރިއުޅުމުގެ އެކި ކަހަލަ ކަންތައްތަކަށް ފިލްމުގައި އަލިއަޅުވާލާފައިވެއެވެ.

"ލަސްވިޔަސް" ގައި ހިމެނޭ މުހިންމު ތަރިންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަނާއި، އަހްމަދު އީސަ (އާނަންދު) އާއި، ކުރީގެ ބަތަލާ ފައުޒިއްޔާ ހަސަން އާއި ރީކޯ މޫސާ މަނިކު އަދި ވާޝިޔާ މުހައްމަދާއި އިތުރު ފިލްމީ ތަރިން ވެސް ހިމެނެއެވެ.

ޓެޑްރީ މީގެކުރިން ވަނީ ކާމިޔާބު، ފިލްމެއް ނެރެފައެވެ. "ދެރިޔާ" ގެ ނަމުގައި އުފެއްދި މި ފިލްމަށް އެތައް އެވޯޑުތަކެއް ލިބި، ދިވެހިންގެ މެދުގައި އެ ފިލްމު ވަރަށް ބޮޑަށް މަގުބޫލުވެގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜތލ

    ޕޯސްޓަރ އެޑިޓިންގ ވަރަށް ސަޅި އިނގޭ.. 3 އަހަރުގެ ކުއްޖަކަށްވެސް ތިވަރު ހަމަ ވާނީ. ޙަހަހަހަ