އިރާގުގެ އުތުރުގެ ކުރުދިސްތާން ސަރަހައްދުގެ ސިޓީއެއް ކަމަށްވާ ސުލައިމަނިއްޔާގައި މީގެ 30 އަހަރު ކުރިން މީހަކު ވަގަށް ނެގި ފައިސާ އަނބުރާ ދީފައި ވަނީ މައާފަށް އެދި ލިޔެފައިވާ ސިޓިއަކާއި އެކުގައެވެ.

އެ މީހާއަކީ ކާކުކަން އަދިވެސް ނޭނގެއެވެ.

ހޮނިހިރު ދުވަހުގެ ރޭ މޫނު ނިވާކޮށްގެން ހުރި މީހަކު އެމީހުންގެ ގެކައިރިއަށް ގޮސް ދޮރުގައި ޓަޖި ޖެހުމުން، ދޮރު ހުޅުވި އަންހެނަކަށް ކޮތަޅެއް ދިއްކޮށްލުމަށްފަހު އަވަސް އަވަހަށް އެތަނުން އެ މީހާ ނުކުތުމުން އާއިލާ އަށް ހައިރާންކަމެއް ލިބިގެން ގޮސްފައި ވެއެވެ

އެ ގޭގެ މެމްބަރެއް ކަމަށްވާ ހިރްޝް ކަރީމް ބުނި ގޮތުގައި އެ ކޮތަޅުގެ ތެރެއިން 400،000 އިރާގު ދީނާރު (ގާތްގަނޑަކަށް 300 ޑޮލަރު) ފެނުނެވެ. އަދި، ކުރުދީން ލިޔެފައިވާ ސިޓީއެއްވެސް އޭގައި އޮތް ކަމަށް ބުނެފައި ވެއެވެ.

ކަރީމް ބުނި ގޮތުގައި އެ ސިޓީގައި 1990 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރާ ދެމެދު ސުލައިމަނިއްޔާގެ ދެކުނުގައި އޮންނަ ރިޒްގާރީ އަވަށުގައި ހުންނަ އޭނާގެ ބައްޕަގެ ގެއިން ވަގަށް ނެގި އިރާގުގެ 400 ސްވިސް ދީނާރުގެ މައްސަލަ ތަފްސީލުކޮށް ކިޔާދީފައި ވެއެވެ.

އޭގައި މައާފަށް އެދިފައިވާއިރު، އޭނާ އެ ފައިސާ ނެގީ ވަރަށް ބޮޑަށް ބޭނުން ވެގެން ކަމަށްވެސް ބުނެފައި ވެއެވެ. އޭނާ އެ ފައިސާ އަނބުރާ ދިނީ އިތުރު ފައިސާވެސް ހިމަނައިގެންނެވެ.

މައާފާށް އެދި ފޮނުވި އެ ސިޓީގެ ވާހަކަ ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަބަލްދީބް

    ރަނގަޅު. ދުނިޔެމަތީ މީހެއްގެ ޙައްގަކަށް އަރާގަނެވިފައިވާނަމަ މަހުޝަރު ބިމަށް ޙާޒިރުކުރުމުގެ ކުރިން ދުނިޔެމަތީގައި އެޙައްގު ނިގުޅައިގަނެވިފައިވާ ފަރާތަށް މަޢާފަށްއެދި އެޙައްގު އަނބުރާ ދިނުން އެއީ ވަރަށް މާތް ސިފައެއް. މާތް ﷲ އެމީހާގެ ތައުބާ ގަބޫލުކުރައްވާށި. އާމީން

    53
    0
  2. ހުވަދޫ އަލިބެއްޔާ

    ފުރާވަރު އުމުރުގައި ކުރެވިފަ ހުރި ކަންކަމަށް ދެރަވެ ހިތާމަކުރަން..

    28
    1
  3. ޕޮގުބާ

    މާތްﷲ އޭނާގެ ކިބައިން އެކަންގަބޫލު ކޮއްދެއްވާށި އާމީން

    38
  4. އެސޮރު

    ތިޔައީ ހިންހެޔޮ ވަގެއް .

    9
    1