ބޮލީވުޑްގެ ސުޕަރ ސްޓަރ ސަލްމާން ހާންގެގެ ބަންދްރާގެ ގެލެކްސީ އެޕާޓްމަންޓްތަކުގެ ބޭރުގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން ދެމީހަކު ހައްޔަރު ކޮށްފިއެވެ.

ފުުލުހުން އަންގާރަ ދުވަހު ބުނި ގޮތުގައި، ބަޑި ޖެހިކަމަށް ބުނާ ދެ މީހުން މުމްބާއީ ކުރައިމް ބްރާންޗާ ހަވާލު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޔަރު ކުރި ދެ މީހުންނަކީ ލޯރެންސް މިޝްނޯއި ގޭންގަށް ނިސްބަތްވާ ދެ މީހުން ކަމަށެވެ. އެއީ ބިހާރަށް އުފަން ވިކީ ގުޕްތާ 24، އަދި ސަގަރް ޕަލް 21، އެވެ. މި މީހުން ހޯދީ ބުޖް ފުލުހުންގެ ބުރަ މަސައްކަތުން ކަމަށް ވެސް އެބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މުމްބާއީ ފުލުހުންނާ އެމީހުން ހަވާލު ކުރީ މައްސަލަ ތަހުގީގު ކުރުމަށް ކަމަށެވެ.

ސަލްމާން މަރާލާނެ ކަމުގެ އިންޒާރު މީގެކުރިން ވެސް ދީފައިވެއެވެ. އެގޮތުން 2022 ވަނަ އަހަރުން ފެށިގެން އެކި ގޮތްގޮތަށް މަރުގެ އިންޒާރު ދަނީ ދެމުންނެވެ.

ލޯރެންސް ބިޝްނޯއީ ގޭންގުން ސަލްމާން ހާނަށް މަރުގެ އިންޒާރުތައް ދެމުންދާތީ ފުލުހުން ދަނީ ސަލްމާނަށް އެންމެ ހައި ސެކިއުރިޓީ ދެމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެއްވެސް ހަރަކާތެއް ނުބޭއްވުމަށް އޭނާގެ ޓީމަށް ވަނީ އަންގާފައެވެ. އިންޑިއާގައި ޖަލަށްލާފައިވާ ގޭންގްސްޓާ ލޯރެންސް ބިޝްނޯއީގެ އެހީތެރިޔާ ގޯލްޑީ ބްރާރްގެ އިންޒާރުގެ އީމެއިލްތަކެއް ލިބިފައިވާތީ ސަލްމާނު ވަނީ ބުލެޓްޕްރޫފް އެސްޔޫވީ ކާރެއްވެސް ގަނެފައެވެ.

މީގެ އިތުރުން އަމިއްލަ ހަށި ރައްކަލަށް ހާއްސަ ހުއްދައެއްގެ ދަށުން އަމިއްލަ ހަތިޔާރު ގެންގުޅުމުގެ ހުއްދަވެސް ފުލުހުން ވަނީ ސަލްމާން ހާންއަށް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަތާ

    އަލްހަމްދުލިއްލާހި

    15
    3
  2. މުޙައްމަދު 123

    މީގައި ސުރުޚީ އޮންނަންވީ.. ސަލްމާން ޚާންގެ ގެއަށް ހަމަލާދިން ދެ ހިންދޫން ހައްޔަރުކޮށްފި

    17
    1
  3. ކުރުސީ

    އެއްބިލިޔަން މީހުންގެ ތެރެއިން އެއަތުލީ ކުއްވެރިން. ޢަހަރުމެން މިއުޅެނީ 1000 މީހުންގެ ތެރެއިން 999 ކުއްވެރިން އަތުނުލެވިގެން!

    22
  4. އަހައްމަދޫ

    މިތާ ގިނަވެގެން އުޅޭ ބަންގާޅީން ތަކަކާ ވައްތަރީ