ސްޓްރެސް އަކީ އިންސާނާގެ ސިކުނޑިން ކޮންމެ ތަނެއްގައި ކޮންމެ ކަމެއްކުުރި ކަމުގައިވީ ނަމަވެސް ހިތް ހަމަނުޖެހުމުން ނުވަތަ ހާސްވުމުން އުފައްދާ އެއްޗެކެވެ.

މިއަދުގެ މި ދުނިޔޭގައި ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ހާސްކަމާއި ސްޓްރެސް ވަނީ ވަރަށް އާންމު ކަންތައްތަކަށް ވެފައެވެ. އަދި ހަމަ އެހެންމެ ތިމާގެ ހަމަޖެހުން ވެސް ގެއްލި އިހުސާސް ތަކަށްވެސް އަސަރު ކުރާ ކަމަކަށް ވެފައެވެ. ކަންމިހެން އޮތުމުގެ ސަބަބުން އާންމު ދިރިއުޅުމަށްވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.

ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. ތަފާތު އިހުސާސެއް ކުރާ މީހެކެވެ. ބައެއް ފަހަރު ވަރަށް ޕޮޒިޓިވް އަދި ނެގަޓިވް ވިސްނުން ވެސް ގެންގުޅޭ ބައެކެވެ.

ދިރިއުޅުމުގައި ބައިވެރިޔާ ހާސްކަމާއި ނުތަނަވަސް ކަމާއިި ހިތާމައިގައި އުޅޭއިރު، ދެން ހުންނަ ބައިވެރިޔާއަށް އެކަންތައް ތަކުން ދުރުކުރުވުމަށް ކޮންމެސް ކަހަލަ މަޖާކަމެއް ނުވަތަ ހިތްހަމަ ޖެހޭ ކަހަލަ ކަމެއް ކުރެވިދާނެއެވެ. ކޮށްލަދޭ ކުދި ކުދި ކަންތައްތަކުންވެސް ދިރިއުޅުމުގަ އެކުގައި އުޅޭ ބައިވެރިޔާ އަށް އޭނާގެ މުހިންމު ކަމާއި އަހަންމިއްޔަތު ހާމަވެގެން ދެެއެވެ. ބޭކާރު މީހެއްގެ އިހުސާސް ނުވެ ހުރެއެވެ.

ސްޓްރެސް އިން އަރައިގަތުމަށް ކަސްތަރު ކުރުމަކީ ވަރަށް ފައިދާ ކުރުވަނި ކަމެކެވެ. އެގޮތުން ދެމީހުން އެކުގައި ހިނގާލަން ދިޔުމާއި އެކުގައި ކަސްރަތު ކުރާއިރު ކަންތައްތަކާ ވާހަކަ ދެއްކުމުން ވެސް ހަށިގަނޑަށް ވަރަށް ފައިދާ ކުރުވައެވެ. ކަސްރަތު ކުރުމުން ދެމީހުންގެ ގުޅުން ވެސް އިތުރަށް ވަރުގަދަ ވުމަށް ވެސް އެހީވެދެއެވެ.

އަދި ހަމައެހެންމެ ފުންކޮށް ނޭވާލުމާއި މެޑިޓޭޓް ކުރުން ފަދަ ކަންތައްތައް ކޮންމެ ދުވަހަހަކު ކުރާ ނަމަވެސް ސްޓްރެސް ފިލައިގެން ދާން އަދި ދިރިއުޅުމުގެ ކަންތައް ނިންމަން ވަރަށް ފަސޭހަވާނެއެވެ.

ދުޅަހެޔޮ ގުޅުމަކަށް އިސްކަންދިނުމަށްޓަކައި ދެމީހުން ދެމީހުނަށް އަޅާލުމާއި އިހުތިރާމާއި ގަދަރާއި ހިތްވަރު ދިނުމަކީ ވެސް ކުރެވިދާނެ ކަންތައްތަކެވެ.

ދިމާވާ ދަތިއުނދަގޫ ހާލަތް ތަކުގައި އެކަކު އަނެކެއްގެ ހިތްވަރު ކަމުގައިވެ، މައްސަލަ ޖެހުމުން އެކަން ހައްލު ކުރުމަށް ދެމީހުން އެކުގައި އުޅުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު