ބޮލީވުޑްގެ މަސްހޫރު ތަރި އަނުސްކާ ޝަރުމާގެ އެންމެ ފަހުގެ ފިލްމް "ޕަރީ" އަށް ލެބެމުންދަނީ ހީކުރި ވަރަށް ވުރެވެސް ވަނދު ތަރުހީބެކެވެ.

ވަރަށް ބޮޑު އުއްމީދަކާއެކު އެންމެނެވެސް ބޮޑު ތަރުހީބެއް ލިބޭނެކަމަށް ބެލި "ޕަރީ" ފަސްދުވަހުގައި "ހޮލީ" ފެސްޓިވަލާ ދިމާކޮށް ސިނަމާތަކުގައި އަޅުވާފައިވާއިރު، 5 ދުވަހުން މި ފިލްމަށް ލިބިފައިވަނީ އެންމެ 19.34 ކުރޯޑް ރުޕީސް އެވެ. މިއީ ކާމިޔާބު ފިލްމްތަކާއި އާޅާ ކިޔާއިރު ވަރަށް ކުޑަ އަދަދެކެވެ.

މިއީ މިހާތަނަށް އިންޑިޔާގެ ސިނަމާގައި އަޅުވާނެ އެންމެ ތަފާތު ބިރިވެރި ފިލްމް ކަމަށް ގިނަ މީހުން ވާހަކަދައްކަމުން ގެންދިޔަނަމަވެސް ފިލްމް ބަލީ މީހުންގެ އަދަދު ވަނީ ވަރަށް މަދުވެފައެވެ.

ފިލްމް ނުހިގަން ދިމާވެފައިވަނީ ފިލްމް "ހޮލީ" ފެސްޓިވަލާ ދިމާކޮށް އެޅުވުމުންކަމަށް ބައެއް ފަރާތްތަކުން ދަނީ ވާހަކަދައްކަމުންނެވެ. އެއީ އެދުވަހުގައި ސަލާމަތަށްތަކައި ބައެއް ސިނަމާތަށް ނުހުޅުވުމާއި އެދުވަހު ގިނަ މީހުން "ހޮލީ" ކުޅިވަރުތަކުގައި ބައިވެރިވެ އުޅޭތީއެވެ. އަދި ފުރަތަމަ ދުވަހު ފިލްމަށް އެދެވޭ ތަރުހީބް ނުލިބުމަކީ ފިލްމް ނުހިގަން މެދުވެރިވި ސަބަބު ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މި ފިލްމާއި ބެހޭގޮތުން އިންޑިޔާގެ ބައެއް ނޫސްތަކުގައިވެސް ވަނީ ނެގެޓިވް ރިވިއު ދީފައެވެ. އެ ނޫސްތަކުގައި ވަނީ މި ފިލްމަކީ ވަރަށް ކޫސަނިކޮށް ލިޔެފައިވާ ފިލްމެއް ކަމަށާއި މަންޒަރުތަށްވެސް ގެނެސްދީފައިވާ ގޮތުން ބޮޑު އޮޅުން ބޮޑުން ގަޑަކަށް ފިލްމް ވެފައިވާ ކަމަށެވެ. ނަމަވެސް އަނުސްކާ ޝަރުމާގެ ފިރިމީހާ ވިރާތް ކޮލީ ވިދާޅުވީ މި ފިލްމަކީ މިހާތަނަށް އަނުސްކާ ކުޅެފައިވާ އެންމެ މޮޅު ފިލްމް ކަމަށެވެ.

https://www.youtube.com/watch?v=HMWy31J0FBA