މި އަހަރުގެ މެއި މަހުގެ ތެރޭގައި ކައިވެނި ކުރި ބޮލީވުޑް އެކްޓްރެސް ނެހާ ދުޕިއާ އާއި އެނާގެ ފިރިމީހާ އަންގަދް ބޭޑީ އަށް ދަރިއަކު ލިބެން އުޅޭ ޚަބަރު އެހާ އަވަހަށް އާންމު ނުކުރި ސަބަބު ނެހާ ހާމަކޮށްފިއެވެ.
ނެހާ އާއި އަންގަދް އަށް ދަރިއަކު ލިބެން އުޅޭ ކަމަށް ބުނެ އެދެމަފރިން ޕޯސްޓެއް ކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
ކައިވެނީގެ ކުރިންވެސް ނެހާ ބަނޑުބޮޑު ކަމަށް ބައެއް ފަރާތްތަކުން މީގެކުރިން ވަނީ ބުނެފައެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ނެހާއާއި އަންގަދް ކުރެ އެކަކުވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ބަނޑުބޮޑުކަން އެނގުމުންވެސް ފިލްމު ކުޅުން ހުއްޓުމަކަށް ގެނައުމުގެ ބަދަލުގައި އޭނާ ވަނީ ފިލްމީ ދާއިރާގެ މަސައްކަތްތަށް ކުރިއަށް ގެންގޮސްފައެވެ. ނެހާ ބުނީ ބަނޑުބޮޑު ހަބަރު އާންމު ނުކުރީވެސް އެ ސަބަބަށްޓަކައި ކަމަށާއި އެ ޚަބަރު އާންމުވެއްޖެ ނަމަ މީހުން ދެކޭ ގޮތް ބަދަލުވެ ޑިމާންޑް ދަށްވެދާނެތީ ކަމަށެވެ.
"އަހަރެން ހުރީ ބިރުން ބަނޑުބޮޑު ޚަބަރަށްފަހު އޮފާތަށް ނުލިބިދާނެތީ. މި ހަމަސްތެރޭ ނަސީބަކުން އަހަރެންގެ ބަނޑު އެހާ ބޮޑަކަށް ފާޅެއް ނުވޭ. އަދި ބަނޑުބޮޑު އަންހެނުންނާ ބަލާފައި އެނާޖީ ލެވެލްވެސް ރަނގަޅު. އެހެންނޫންނަމަ މި ދުވަސްކޮޅު މި ކުރި މަސައްކަތްތަށްވެސް ނުކުރެވުނީސް. އެހެންވެ ބަނޑު ފާޅު ވީމަ އެ ޚަބަރު އާންމު ކުރަން މަޑުކުރީ" ނެހާ ބުނެފައިވެއެވެ.
އޭގެ އިތުރުންވެސް އޭނާ ބުނީ ވިހެއުމަށްފަހުވެސް މެޓާނިޓީ ލީވް ނުނަގާނެ ކަމަށާއި އެއީ އެފަދަ ބްރޭކް ނަގާ އެހެން އަންހެނުން ދަށްކޮށްލުމަށް ކުރާ ކަމެއް ނޫން ކަމަށާއި އެއީ އޭނާގެ ޗޮއިސް ކަމަށެވެ.
https://www.instagram.com/p/BnahVPpFv3w/?utm_source=ig_embed
ދާދިފަހުން ރާއްޖެ އައިސް ޗުއްޓީވެސް ހޭދަ ކޮށްލާފައިވާ ނެހާ އާއި އަންގަދްގެ ދަރިފުޅު ނޮވެންބަރު މަހުގެ ތެރޭގައި އުފަންވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މޭ މަހު ކުރި ކާވެންޏަށް ނޮވެމްބަރ ގަ ވާނީ ހަ މަސް. އެހެންވީމާ ބަނޑުބޮޑުވެގެންތާ ކާވެނި މި ކުރީ.