އިތިއޮޕިޔާ އަށް ނިސްބަތްވާ އަންހެނަކު އަމިއްލަ ދަރިފުޅު ވިއްކަން އުޅުނު މައްސަލައެއްގައި ޖަލަށް ލުމަށް ދުބާއީގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

މިދިޔާ އާދީއްތަ ދުވަހު، އެ އަންހެން މީހާ ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ، އުމުރުން އެންމެ ދެ ހަފްތާ ވެފައިވާ ދަރިފުޅު 10000 ދިރުހަމްއަށް ވިއްކަން އުޅުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާއަކީ ޔޫއޭއީއަށް 2013 ވަނަ އަހަރު ބަދަލުވެގެން އެއިރުން ފެށިގެން އެތަނުގެ ގެއެއްގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ. އަދި މިދިޔަ އަހަރު އޭނާ ފިރިހެނަކަށް މަސައްކަތްކޮށްދިނުމަށް އުޅުމުގެ ތެރޭގައި އެ ފިރިހެން މިހާ އޭނާ ފްލެޓެއްގައި ބަންދުކޮށް ރޭޕްކުރަމުންދިޔައެވެ.

އަދި އޭގެ ފަހުން އޭނާ އެ އަންހެން މީހާއަށް 5000 ދިރުހަމް ދީ އޭނާ ފޮނުވާލީއެވެ. އެއިރު އެ އަންހެން މީހާ ބަނޑުބޮޑެވެ. އަދި އެ އަންހެން މީހާ ރަހުމަތްތެރިއެއްގެ އެހީގައި އޭނާގެ ދަރިފުޅު ވިއްކާލަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ފުލުހުން އެ އަންހެން މީހާ އާއި އޭނާގެ ރަހުމަތްރިޔާ ހައްޔަރުކުރިއެވެ.

އެ މައްސަލާގައި އޭނާގެ ރަހުމަތްތެރިޔާ ތިން މަހަަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އަދި އެ ދެ މީހުން އެ ގައުމުން ޑީޕޯޓްކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަހުށަލް

    އަވަސް ހަމަލާއެއް ދީ