ބޮލީވުޑްގެ ތަރި އަޖޭއަކީ ވަަރަށް ބޮޑަށް މީހުންނަށް ޖެއްސުންކޮށް އުޅޭ މީހެކެވެ. އޭނާ އާއްމުކޮށް އެކަން ކުރެއެވެ. މީސް މީޑިޔާ އަކީ އޭނާ އެކަން އެންމެ ގަދަޔަށް ކުރަމުން އެއް ޕްލެޓްފޯމެވެ. ދާދި ފަހުން އޭނާ ވަނީ އަނބިމީހާ އަދި މަޝްހޫރު ފިލްމީ ތަރި ކާޖަލްއަށްވެސް ޖެއްސުންކޮށް ޓްވީޓެއްކޮށްފައެެވެ.

ކާޖަލްގެ ނަމްބަރު ކަމަށް ބުނެ ޓްވީޓާ ކުރުމުން އެތައް ބަޔަކު ފުރަތަމަ ހީކުރީ އޭނާގެ ޓްވިޓާ އައިޑީ ހެކު ކުރީ ކަމަށެވެ. އެހެން ނަމަވެސް އެއީ އަޖޭ މަޖަލަކަށް ކުރި ކަމެއް ކަމަށް ފަހުންވަނީ ބުނެފައެވެ.

އަޖޭ އެގޮތަށް ޓްވީޓް ކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކާޖަލް މި ވަނީ ޓްވީޓްކޮށްފައެވެ. ކާޖަލް ބުނީ، އަޖޭ މަޖާ ކުރުމުގައި މިހާރު ހައްދަުން ނައްޓާފައިވާ ކަމަށާއި، އެފަދަ ޖެއްސުންތައް ގެއާ ހަމައަށް ގެންގޮސް ނުވާނެ ކަމަށް ބުނެފައެވެ. ކާޖަލްގެ އެ ޓްވީޓާއެކު އެތައް ބަޔަކު މިހާރު ދަނީ އެކަމާއި ގުޅުވައިގެން، މަޖާ އެއްޗެހި މީސް މީޑިއާގައި ހިއްސާ ކުރަމުންނެެވެ.

އަދި އަޖޭ ގޭގެ ކަންކަން ހައްލު ކުރުމަށް ކުރަން ޖެހޭނެ ކަންތައްތަކާއި ގުޅޭގޮތުންވެސް ބަޔަކު ޖޯކު ޖެހިއެވެ. އަދި އަޖޭވެސް އެކަން ބޯޑު ޖޯކަކަށް ނަގާ ފެށި މަޖާ ކުރާށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ކާޖަލްގެ ނަމްބަރު ކަމަށް ބުނެ އަޖޭ ޓްވީޓްކޮށްފައި ވަނީ ކާކުގެ ނަމްބަރެއް ކަމެއް ޔަގީނެއް ނޫނެވެ. އެހެން ނަމަވެސް ކޮންމެއަކަސް އެކަންވެގެން ގޮސްފައި ވަނީ އެތައް ބަޔަކަށް މަޖާވި ކަމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މަޖާދޯ

  2. ހސ

    ހާދަމަޖައޭ އަޖޭ...??????