މަސްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒްގެ ކިޑްނީ ފެއިލްވެގެން ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރިކަން ހަމަ ޔަގީނުންވެސް އޭނާގެ ހުރިހާ ސަޕޯޓަރުން ދަންނާނެއެވެ. ނަމަވެސް އެ އޮޕަރޭޝަނާއި ބެހޭ މާގިނަ މައުލޫމަތެއް އޭރު ދީފައި ނުވެއެވެ.

ނަމަވެސް ދާދި ފަހުން ސެލީނާގެ އެންމެ ގާތް އެކުވެރިޔާ އަދި ސެލީނާއަށް ކިޑްނީ ހަދިޔާ ކުރި އޭނާގެ އެކުވެރިޔާ ވަނީ އެ އޮޕަރޭޝަނާ ގުޅިގެން ސެލީނާ ގޮމޭޒް މަރުނުވެ ސަލާމަތްވީ ކިރިޔާ ކަމަށް ބުނެފައެވެ.

ސެލީނާގެ އެންމެ ގާތް އެކުވެރިޔާ އަދި ސެލީނާ އަށް ކިޑްނީ ހަދިޔާކުރި ފްރެންސިއާ ހާމަކުރު ގޮތުގައި ސެލީނާގެ ކިޑްނީ ބަދަލު ކުރުމުގެ އޮފަރޭޝަނަށް 4 ގަޑިއިރެއްހާއިރު ހޭދަކުރިއެވެ. އަދި ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަނަށްފަހު ފްރެންސިއާ ހޭ އެރި އިރު ސެލީނާ ކޮށްފައިވާ މެސެޖެއް ފެނިފައިވާ ކަމަށާއި އޭގައި ވަނީ ކިޑްނީއަށް ލޭ ފޮނުވައިދޭ މައި ނާރު ބްލޮކް ވެފައިވާ ކަމަށާއި އަވަސް ނާރުގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށެވެ. ފްރެންސިއާ ހާމަ ކުރި ގޮތުގައި އެމަޖެންސީގައި އެ އޮފަރޭޝަން އެހާ އަވަހަށް ނުކުރެވުނު ނަމަ ސެލީނާ ގޮމޭޒް މަރުވުމުގެ ފުރުސަތު ވަރަށްބޮޑެއެވެ.

ސެލީނާގެ ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަންގެ ކުރިން ވެސް އޭނާ ވަނީ ކިޑްނީ މައްސަލައިގައި އެތައްފަހަރަކު ފަރުވާހޯދާފައެވެ. ކިޑްނީ ބަދަލުކުރީ ކުރި އެއްވެސް ފަރުވާއަކުން ޝީފާ ނުލިބުމުންނެވެ. ސެލީނާގެ އެންމެ ގާތް އެކުވެރިޔާ އޭނާގެ ކިޑްނީ ސެލީނާއަށް ހަދިޔާ ކުރުމުން ސެލީނާ ވަނީ އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށް އެކަން އޭނާ ހިތުން ދުވަހަކުވެސް ނުފިލާނެކަމަށް ބުނެފައެވެ. އަދި އޮޕަރޭޝަނާއި ގުޅިގެން ރަހުމަތްތެރިޔާ ފްރެންސިއާ އާއި އެކު ހޮސްޕިޓަލް އެދުގައި އޮވެ ފޮޓޯއެއް މީސް މީޑިޔާއަށް ލައި އޮޕްރޭޝަނާ ގުޅިގެން ބައެއް މައުލޫމާތު ވަނީ ދީފައެވެ.

އޮޕަރޭޝަނަށްފަހު ސެލީނާގެ ހާލު މިހާރު ވަނީ އެއްކޮށް ރަނގަޅުވެފައެވެ. އަދި އިހުނެކޭ އެއްފަދައިން މިއުޒިކީ ދުނިޔެއަށްވަދެ ލަވައެއްގެ މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްތަށް ބުނެއެވެ. އަދި އެ އޮޕަރޭޝަނަށް ފަހު ސެލީނާ ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއާއި އެކު އަލުން ލޯބީގެ ގުޅުން ބަދަހިކޮށްފައެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިންޝާﷲ ތެދުމަގު ދަށްކަވާނދޭ. އާމީން