ދޮގަކީ އޮޅުވާލުމެކެވެ. އަދި އެއީ މާތްވެގެންވާ އިސްލާމް ދީނުގައިވެސް ހަރާމް ކުރައްވާފައިވާ ކަމެކެވެ. އަދި މަޖަލަކަށް ނަމަވެސް ނުވަތަ ތިމާގެ އަޙާ ހެއްްވާލުމުގެ ނިޔަތުގައިވެސް ދޮގު ހެދުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ދޮގު ހެދުން ހަރާމް ކުރައްވާފައިވަނީ އެކަމުގެ ސަބަބުން ފިތުނަ ފަސާދަ އުފެދި މުޖުތަމައުގެ ތެރޭގައި ނުބައި އާދަތަކަށް މަގުފަހިވާތީއެވެ. ދޮގު ހެދުމަކީ އިސްލާމް ދީނުގައިވެސް ހަރާމް ކުރައްވާފައިވާ ކަމަކަށް ވީ ހިނދު މިކަމަށް ފަރުވާ ބަހަށްޓަނީ މަދު ބަޔެކެެވެ. އާންމުކޮށް ގިނަ މީހުން ކޮންމެ ދުވަހަކުވެސް އެކި ހާލަތްތަކާއި ގުޅޭ އެކި ދޮގު ބުނެ އުޅެއެވެ. ދޮގު ހެދުމަކީ އޮޅުވާލުމަކަށް ވާއިރު ދޮގު ހަދާއިރު އެ ހަދަނީ ދޮގުކަން އެނގުން ވަރަށް މުހިންމެވެ. އެގޮތުން ދޮގު ހަދާކަން ދެނެގަންނާނެ ބައެއް ގޮތްތަށް ތިރީގައި އެވަނީއެވެ.

• ހަށިގަނޑުގެ ތަންތަން ކެހުން ނުވަތަ އަތް ލުން

ޖަވާބު ދޭން ބޭނުން ނުވާ ސުވާލު ކުރުމުން މީހާ ހާސްވެ ކަންބޮޑުވާނެއެވެ. އަދި މިކަމުގެ ސަބަބުން ކަންފަތް ، ނޭފަތް އަދި އަތަށް ލޭ ދައުރުވާ މިންވަރު މަދުވެ ހަށިގަނޑު ފިނި ވާނެއެވެ. އެހެންކަމުން ދޮގު ހަދާ މީހަކު ހަށިގަނޑުގެ ބައެއް ގުނަވަންތަކުހައި އަތް ލުމަކީ (ހާއްސަކޮށް ނޭފަތް، އަތް، ކަންފަތް)ގައި އަތްލުމަކީވުން ގާތްކަމެކެވެ

• ސުވާލު ކުރުމުން މާ ބޮޑަށް ތަފްސީލު ދިނުން

ދޮގު ހަދާކަމުގައި ވަނީނަމަ އެކަމަކާއި ގުޅިގެން ސުވާލުކުރުމުން އޭނާ ގާތު ނާހާ ސުވާލުތަކުގެ ތަފްސީލު ވެސް ދޭނެއެވެ. އަދި ދައްކާ ވާހަކަ ބަދަލުކޮށް މަތި އޮއްބާލެވޭތޯ ވަރަށް މަސައްކަތް ކުރާނެއެވެ.

• ގަދަކަމުން ހިނިތުންވުން

މީހަކު އަސްލު ހިނިތުންވަންޏާ މޫނުގެ ހުރިހާ މަސްތަކަކަށް އޭގެ އަސަރު ކުރާނެއެވެ. ނަމަވެސް ގަދަކަމުން ހީލާ އިރު އަސަރު ކުރާނީ ހަމައެކަނި އަނގަމައްޗާ ހިސާބުގައި ހުންނަ މަސްތަކަށެވެ. މިކަމުން މީހާ ހަދަނީ ދޮގުކަން ވަރަށް ފަސޭހައިން ދެނެގަނެވޭނެއެވެ.

ނަމަވެސް ޝައްކެތްގެ މައްޗަށް ބިނާކޮށް އެއްވެސް ނިންމުމެއް ނުނިންމާށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަބުލުބޫ

    ނިންމަމުން ތިޔަ ބުނި އެއްޗަކުން މުޅި އާޓިކަލް ބޭކާރު... ނޯ ހެޑް އިންދަ ބުރެއިން

  2. ތޮއްޓޭ

    ދެން އަހަރެން ދޮގު ހަދާނީ މިކަންކަމައް ސަމާލުކަން ދީގެން.

    • ޒީ
    • ނަ

      ދޮގު ހަދާ މީހައަށް ހަމަ ގެއްލުންވާނީ

  3. ޏަން

    ޢެހެންމާ ހުރިހާ ކުދިންވެސް ދޮގު ހަދާއިރު މީގަ ހުރި ކަންކަމަށް ވުސްނައިގެން ދޮގު ހަދާނީ.....

    • ޣައިލީން
  4. ސަންފާު

    ނޯ ބްރެއިން އިން ދަ ހެޑް ??