ކަންފަތް ތޮރުފުމަކީ ދިވެހިން އަންހެނުންގެ ތެރޭގައި ވަރަށް ކުރީއްސުރެ ކުރަމުން އަންނަ ކަމެކެވެ. ޒީނަތްތެރިވުމުގެ ގޮތުން ކުރާ ކަންތައް ދިވެހިންގެ ތެރެއަށް ބުރުގާ ތަޢާރަފްވި ހިސާބުން ކުޑަކޮށް މަޑުޖެހުނު ކަމުގައި ވީ ނަމަވެސް ދިވެހިންގެ ތެރޭގައި މިއީ މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ.

ކަންފަތް ތޮރުފުމަކީ ވަރަށް ވޭން ހުރި ކަމެއް ކަމުގައި ވުމާއިއެކު، މިކަން ކުރުމުގެ ކުރިން ކޮންމެހެންވެސް ކުރަންޖެހޭ ނުވަތަ ވިސްނަން ޖެހޭ ކަންތައް ތަކެއް ހުރެއެވެ.

އެންމެ ފުރަތަމަ ކަމަކަށް ކަންފަތް ތޮރުފުމުގެ ކުރިން ޔަގީން ކުރަން ޖެހޭ ކަމަކީ ހަމަ ހަގީގަތުގައި ވެސް ކަންފަތް ތޮރުފަން އެބަ ބޭނުންވޭ ހެއްޔެވެ. ސަބަބަކީ ކަންފަތް ތޮރުފުމަށްފަހު އުމުރު ދުވަހު ހުންނާނީ އެގޮތަށެވެ. އެހެންކަމުން އެފަދަ ބަދަލެއް އުމުރު ދުވަހު ތަހައްމަލް ކުރަން ޖެހުމުގެ ކުރިން މިކަމާއިމެދު ވިސްނަން ޖެހެއެވެ.

ކަންފަތް ތޮރުފުމުގެ ކުރިންނާއި ފަހުން ތޮރުފާ އެއްޗާއި ކަންފަތް ސްޓެރިލައިޒްއަކީ ދޮވެލުމަކީ މުހިންމު ކަމެކެވެ.

ކަންފަތް ތޮރުފުމަށްފަހު އިންފެކްޝަންއެއް އުފެދިފައި ވޭތޯ ޗެކް ކުރުމަކީ މުހިންމު ކަމެކެވެ. ކަންފަތަށް ތަދުވާނަމަ ޑޮކްޓަރަށް ދެއްކުން ބުއްދިވެރިއެވެ. ކަންފަތް ތޮރުފާއިރު ކަންފަތް ތޮރުފުމުގައި ބޭނުން ކުރާ ތަކެއްޗާއި އަދި އެކަން ކުރާ މީހާގެ އަތުގެ ސާފުތާހިރު ކަމަށް ސަމާލުވާން ޖެހެއެވެ.

މާބަނޑުއިރު ކަންފަތް ތޮރުފުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ސަބަބަކީ އިންފެކްޝަނެއް އުފެދި ބޭހެއް ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި މާބަނޑު ވުމުގެ ސަބަބުން ބޭސް ބޭނުން ކުރަން ދަތިކަމެއް ކުރިމަތިވެދާނެތީއެވެ. އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އިތުރު ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮޑީ2022

    މިވެސް ޅިޔުމެއް؟؟؟؟

    2
    1
  2. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް

    މާތް ﷲ އަޅަމެން ހައްދަވާފަ ވަނީ ބިލާހެއް ފަދަ ގޮތެއްގައެވެ. ހަށިގަނޑުގެ އެއްދިމާލެއްގައި އަޅާ ވޭނެއްގެ ސަބަބުން މުޅިހަށިގަނޑު ހުން އައިސް ވަރުބަލިކޮށްލައެވެ. ހުން އައުމަކީ ވެސް އެހެން ބައްޔެއްގެ ޢަލާމާތެކެވެ. އަކޫޕަންކްޗަރ އޭ ކިޔާ ޢިލްމެއް އޮވެއެވެ. މި ޢިލްމު ބުނާގޮތުން ހަށިގަނޑުގެ ކޮންމެ ދިމާލެއްވެސް އެހެން ކޮންމެވެސް ދިމާލަކާއި ގުޅިފައިވެއެވެ. އެ ޢިލްމް ބުނާގޮތުން ކަންފަތުގެ ފޫޅުގައި އަޅާ ލޯވަޅެއްގެ ސަބަބުން ގޮހޮރުގެ ބަލިތައް އުފެދުން ގާތެވެ. ފަސޭހައިން ބަނޑު ދިޔާވެ އަދި ގޮހޮރުގެ އެހެން ކަންކަން ދިމާވުން ގާތެވެ. ދީނީ ގޮތުން ކަންފަތް ތޮރުފުމަކީ ކޮންކަހަލަ ކަމެއް ކަމެއް އަޅުގަނޑަކަށް ނޭންގެއެވެ. ނަމަވެސް އޮކޫޕަންޗަރ ގެ ޢިލްމުވެރިން ބުނަނީ މިއީ ރަނގަޅުކަމެއް ނޫނެވެ. އޮޕަރޭޝަން ކުރާ ޑޮކްޓަރުންނާއި ޕްލާސްޓިކް ސާޖަނުން މި ލޯވަޅު ބައްދާލަދެއެވެ. މާތް ﷲއަޅަމެން ހައްދަވާފައިވަނީ އެންމެ ފުރިހަމަގޮތުގައެވެ.