ދުނިޔޭގައި އުޅޭއިރު އަހަރެމެން އަބަދުވެސް ޝަކުވާ ކުރަމެވެ. އެވެނި ކަމެއް ނުވާތީ އާ މިވެނި އެއްޗެއް ނުލިބޭތީއެވެ. ޝަކުވާ ކުރުމަކީ އަހަރެމެން ކޮންމެ ދުވަހެއްގެ ރޫޓީންގައި ހިމެނޭ ކަމެވެ. ނަމަވެސް ސެމް ބާންސްކިޔާ މިކުއްޖާ އަކީ އޭނާއަށް ލިބިފައިވާ ނިޢުމަތް ތަކަށް ޝުކުރުވެރިވާ ޝަކުވާ މަދު ކުއްޖެކެވެ.

2014 ވަނަ އަހަރު މިދުނިޔެ އާ އަލްވަދާޢުކީ ސޭމް އަކީ ޕްޖޭރިއާ ނަމަކަށް ކިޔާ ބައްޔެއް ޖެހުނު ކުއްޖެކެވެ. މިބަލީގެ ސަބަބުން ހަށިގަނޑު ހެދި ބޮޑުވުމަށް ހުރަސް އަޅާ، ހަށިގަނޑުގެ ސެލްތައް އަވަހަށް މުސްކުޅި ކޮށްލައެވެ. ސޭމް މިދުނިޔެ އާއި އަލްވަދާއު ކީއިރު ސޭމްގެ ބަރުދަނަކީ އެންމެ 22 ކިލޯއެވެ. ނަމަވެސް ސޭމްގެ ވާހަކަތަކަކީ މިއަދުވެސް އެތައް ދޫތަކަކުން ކިޔަމުން އަންނަ ވާހަކަތަކެކެވެ.

ސޭމް ބުނެފައިވަނީ އޭނާއާ ވަރަށް ގިނަ ބަޔަކު ދިމާވާ ދަތިތަކާ ބެހޭ ގޮތުން ސުވާލު ކުރާ ކަމަށެވެ. ނަމަވެސް ސޭމް ބޭނުންވަނީ އޭނާއަށް ނުކުރެވޭ ކަންތައް ހުރި ނަމަވެސް، ކުރެވޭ ވަރުގެ ކަންތައް ކޮށް ދިރިއުޅުގައިމގެން ކުރިއަށް ދާށެވެ. އަދި ސެމް ބާންސް ބުނެފައިވަނީ އޭނާއަށް ނުކުރެވޭ ގިނަ ކަންތައްތަކެއް ހުންނަ ކަމަށާާއި ނަމަވެސް ނުކުރެވޭ ކަންތަކަށްވުރެ ކުރެވޭ ކަންތައްތައް ގިނަ ކަމަށެެވެ. މިހެންކަމުން މިކަމާ ހާސްނުވާ ކަމަށާއި މިކަމަށް ޝުކުރުވެރި ވާ ކަމަށެވެ.

މީގެ އިތުރުން އޭނާގެ ހާލާމެދު އެހެން މީހުން ދެރަވާކަށް އޭނާ ބޭނުން ނޫން ކަމަށާއި އެނާގެ ދިރިއުޅުމުގައި މިހާރު ބޭނުންވާ ކަންތައް ކުރެވޭ ކަމަށްވެސް ސޭމް ބުނެފައިވެއެވެ.

ސޭމްގެ މުޅި އުމުރުގައިވެސް ނުކުރެވޭ އެތައް ކަމެއް އެބަހުއްޓެވެ. ނަމަވެސް ސޭމް ބޭނުންވަނީ މިކަންތަކަށް ފޯކަސް ނުކޮށް އޭނާގެ ދިރިއުޅުމުގައި ހުރި ކުދި ކުދި އުފާވެރި ވަގުތުތަކުގެ ބޭނުން ހިފާށެވެ. ސޭމްގެ ޝަކުވާއެއް ނެތެވެ. އަހަރެމެންވަކި ޝަކުވާ ކުރަން ވީ ކީތްވެގެން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު