އެމެރިކާގެ ޓެކްސަސްގައި ދިރިއުޅޭ އުމުރުން 24 އަހަރުގެ ޓޭލާ ކައިވެންޏަށް ތައްޔާރު ވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ކައިވެނި ކުރާނެ ދުވަސް ކަނޑައަޅާ، ޕާޓީ ބާއްވާނެ ތަން ކުއްޔަށް ހިފާ، ފޮޓޯގްރާފަރުންނާއި، ޕާޓީގެ ކެއުން ވެސް ތައްޔާރުކުރަން ބަޔަކާއި ހަވާލު ކުރިއެވެ.

ނަމަވެސް ޓޭލާ އެންމެ ފަހު ވަގުތު ނިންމީ އޭނާގެ ކައިވެނި ކެންސަލްކޮށް ނުވެސް ދަންނަ، ދުވަހަކު ވެސް ބައްދަލުވެފައި ނުވާ ދެލޯބިވެރިޔަކަށް އޭނާގެ ކައިވެނީގެ ހުރިހާ ތައްޔާރީތަކެއް ހަދިޔާ ކުރާށެވެ.

އެއީ ކައިވެނި ކުރާނެ މާލީ ތަނަވަސްކަމެއް ނެތް ދެމީހެއްގެ މައުލޫމާތު ޓޭލާ އަށް ލިބުމުންނެވެ.

އެމައުލޫމާތު ޓޭލާ އަށް ލިބުމުން އޭނާ ވަނީ އެމީހުންނަށް ފޯނުން ގުޅޭ އެމީހުންގެ ކައިވެނީގެ ހުރިހާ ޚަރަދެއް ކޮށްދޭނެ ކަމަށް ބުނެފައެވެ.

ޓޭލާ ކައިވެނި ކުރަން ކުއްޔަށް ހިފާފައިވާތަނާއި، ފޮޓޯގްރާފަރުންނާއި އަދި ޕާޓީގެ ކެއުން ވެސް އޭނާ ކައިވެނި ނުކުރެވިފައި ތިބި ދެމީހުންނަށް ހަދިޔާ ކުރާށެވެ.

އަދި އޭގެ އިތުރުން ކައިވެންޏަށް ޓޭލާ ރައްކާ ކޮށްފައި ހުރި 3500 އެމެރިކާ ޑޮލަރު ވެސް އެދެމީހުންނަށް އޭނާ ހަދިޔާ ކުރިއެވެ.

އާދަޔާއި ހިލާފު ހަދިޔާ ލިބުނު ދެމީހުންގެ ނަމެއް މީޑިއާ އިން ހާމަކޮށްފައެއް ނުވެއެވެ. ޓޭލާ ވެސް އެމީހުންގެ ނަން މީޑިއާ އަށް ހާމަކުރާކަށް ބޭނުމެއް ނުވެއެވެ.

ޓޭލާގެ ވާހަކަތަކަށް މީޑިއާތަކުން ޖާގަ ދިނުމުން ވަރަށް ގިނަ ބަޔަކު ދަނީ ޓޭލާގެ އޯގާތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަމަރސް

    ކުރި ހެޔޮކަންތައް ފާޅުކުރުމުންއޭގެ އަސްލު އަޖުރު ނުލިބޭނެ އެއީ ދެއްކުންތެރިކަން. ނޫނީ އިންނަން އުޅުނު މީހާ ކެޓީކަމަށްވާނީ