ވައްކަންކޮށްގެން ތަފާތު ގޮތަކަށް މީހުން ފަޅާއަރައެވެ. ސީސީޓިވީ ފޫޓޭޖު މެދުވެރިކޮށްންނާއި، އަދިވެސް އެނޫން ތަފާތުއެކި ގޮތްގޮތަށެވެ. މިއީވެސް އެފަދަ ހާދިސާއެކެވެ.

ޗައިނާގެ ބެއިޖިންގގައި ވައްކަން ކުރުމަށް ގެއަކަށް ވަތް މީހާ ވަރަށް ފަސޭހަކަމާއެކު ވަނީ ފަޅާއަރާފައެވެ. އެ ވަގު ގެއަށް ވަނީ އަރައިގެން ހުރި ބޫޓު ބާލައިގެން ބޫޓު އަތުން ހިފައިގެންނެވެ. އޭނާ ބޫޓު ބޭލި ނަމަވެސް އިސްޓާކީން ބާލާފައެއް ނުވެއެވެ.

އެމީހާ ވައްކަން ކުރަން އެގައަށް ވަތްތަނާ މާގިނަ އިރުނުވަނީސް އެގޭގެ ވެރިމީހާ ގެއަށް އައެވެ. އެއާއެކު ވަގުކަލޭގެއަށް ޖެހުނީ ފިލާށެވެ. ނޭނގި ނަމަވެސް އޭނާއަށް ފިލައި އޮވެވުނީ ގޭގެ ވެރިމީހާ ނިދާ އެނދު ދަށުގައެވެ. އެހެންކަމުން އެތަނުގައި އެއްވެސް މީހަކު ފިލައި އޮވެދާނެކަމުގެ ހިލަމެއް ނުވާނެ ކަމަށް ޔަޤީން ކުރެވިގެން އޭނާ އޮތީ ވަރަށް އުންމީދުގައެވެ. އަދި ވެރިމީހާ ދާދި އަވަހަށް އެގެއިން ނިކުންނާނެ ކަމަށް ހީކޮށްގެންނެވެ.

އެހެން ނަމަވެސް ކަން ހިނގާދިޔައީ އޭނާ އުއްމީދު ކުރިގޮަތަކަށް ނޫނެވެ. ވެރިމީހާ އެގެއަށް ދިޔަތާ މާގިނަ އިރުނުވަނީސް ވަގުކަލޭގެ ފަޅާއެރީއެވެ. އިތުރު މީހަކު އެގޭގައި އުޅޭކަން ވެރިމީހާއަށް އެނގުނީ ނުބައި ވަހެއް މުޅި ގޭތެރޭގައި ފެތުރިފައި ވުމުންނެވެ. އެއާއެކު އެ ވަހަށް ބަލައި އެ ވަސް އެންމެ ގަދަޔަށް ދުވާ ހިސާބަށް ވެރި މީހާ ދިޔައެވެ. އެ ހުރިހާ ވަހެއް ދުވަމުން ދިޔައީ އެ ވަގު ލައިގެން ހުރި އިސްޓާކީނުންނެވެ.

އެގެއަށް ވައްކަން ކުރަން ވަތް މީހާ ފަޅާއެރީ އެހައި ހިސާބުންނެވެ. އަދި އެއަށްފަހު ވަގު ފުލުހުންނާއި ހަވާލު ކުރެވުނެވެ.