ތަށި ދޮވުމަކީ ހާސްކަން ފިލުވާދޭ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޖާނަލް މައިންޑްފުލްނެސްގައި ޝާއިރުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ތަށި ދޮވުމަކީ ހާސްކަން ފިލުވައިދޭ ކަމެއް ކަމަށާއި މިކަމުން ޑިޕްރެޝަން ފަދަ ބަލިތަކުން މީހާ ދުުރުކޮށްދީ، އެއީ ކަންކަން ކުރުމަށް މީހާއަށް ބާރު އަޅާ ކަމެއް ކަމަށެވެ.

ފްލޮރިޑާ ސްޓޭޓް ޔުނިވަރސިޓީގެ ޕްރަފެސަރުން ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ތަށި ދޮންނަ ވަގުތަކީ މީހާ އެހެން ކަންކަމާމެދު ވިސްނާ ވަގުތެއް ނަމަވެސް މިވަގުތުގައި އިންސާނާގެ ސިކުނޑި ހަރަކާތްތެރިވާ މިންވަރު އަވަސް ކަމަށެވެ. މިގޮތުން ތަށި ދޮންނަ ވަގުތުު ހަށިގަނޑު ކުރާ ހަރަކާތް ތަކުރާރުވާތީ ސިކުނޑިީގެ އެހާ ބޮޑު މަސައްކަތެއް ނުކުރާނެ ކަމަށާއި މިވަގުތު ސިކުނޑީގެ މިސްރާބު ހުންނާނީ ރަނގަޅު ޚިޔާލުތައް ހޯދުމަށް ކަމަށެވެ.

މީގެ އިތުރުން ތަށި ދޮންނަ ވަގުތުގައި ތަށި ދޮންނަން ގެންގުޅޭ ސައިބޯނި ނުވަތަ ދޮންނަ ކުނޑީގެ ވަހާއި ފެނުގެ ހޫނުކަމުގެ ސަބަބުން މީހާގެ ވިސްނުން ނުރަގަނޅު ޚިޔާލުތަކުން ދުުރުކޮށްދޭ ކަމަށްވެސް މިދިރާސާގައި ބުނެފައިވެއެވެ.

މިދިރާސާގައި އިތުރަށް ބުނެފައިވަނީ މިގޮތަށް ހާސްކަން ދުރުކޮށްދެނީ އަމިއްލަޔަށް ފެނިގެން ތަށި ދޮވުމުން ކަމަށާއި މަޖުބޫރު ކުރުވައިގެން ދޮވުމުން މިފަދަ ކަމެއްގެ އިޙްސާސް ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާލިމް

    ތަށިދޮވެގެން ފެންބިލް ބޮޑުވީމަ ހާސްވާ މިންވަރު ދާނީ އިތުރުވަމުން...

  2. ނޯކިރީ

    ޙައްގު ތެދެއް . މަގެ ހޮބީ އަކީ ތަށި ދޮވުން.