ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން އާއި ރަންވީރުގެ ކައިވެނި ކުރެވިއްޖެއެވެ. އިޓަލީގައި މި ދެތަރިން ކައިވެނިކުރިއިރު، އެ މީހުން ބޭއްވި ކައިވެނީގެ ދެ ހަފްލާގެ ފޮޓޯތައްވެސް މީސް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ.
މިގޮތަށް ހިއްސާކުރި އެތައް ފޮޓޯއެއްގެ ތެރެއިންވެސް ގިނަބައެއްގެ ލޮލުގައި އަޅާގަތް އެކައްޗަކީ ދިޕިކާގެ އިނގިލީގައި އަޅުވާފައި އޮތް އެންގޭޖްމެންޓް އަގޮޓިއެވެ. އެ އަގޮޓީގެ ރީތިކަމުގެ ވާހަކަ ދައްކަމުން އެބަދެއެވެ. އެއް ބަޔަކު ދައްކަމުން ދަނީ އެ އަގޮޓި ބޮޑު ކަމުގެ ވާހަކައެވެ.
އާއްމުކޮށް މަޝްހޫރު ގިނަ ތަރިންގެ އެންގޭޖްމެންޓް އަގޮޓީގެ އަގު އިންތިހާއަށް އަރައިގެންދެއެވެ. އެއީ ޑައިމެންޑް އަގޮޓިއެކެެވެ. އެހެންކަމުން އެ އަގޮޓީގެ އަގު ޔަގީނުންވެސް ބޮޑު ވާނެއެވެ.
Deepika Padukone’s wedding ring 😍💎#DeepVeerKiShaadi #DeepikaWedsRanveeer pic.twitter.com/Dp2hNKYiSl
— Ranveer Planet (@RanveerPlanet) November 15, 2018
ރަންވީރު ދިޕިކާއަށް ދިން އެ އަގޮޓީގެ އަގު 1.3 އާއި 2.7 ކްރޯޑް ފައިސާއަށް އަރާކަމަށް ވެއެވެ. ކައިވެނީގެ ހަފްލާ ތެރޭގައި ނަގާފައިވާ ފޮޓޯތަކުން އެ އަގޮޓީގެ ރީތިކަން ފެންނައިރު، ޓްވިޓާގައި ގިނަ ބަޔަކު ދަނީ އެ އަގޮޓިއަށް ތައުރީފް ކުރަމުންނެވެ.
މި ދެތަރިން މި މަހުގެ 14 ވަނަ ދުވަހު ކައިވެނި ކުރިިއިރު، މި ދެމީހުންނަކީ ލޯބީގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން އުޅުނު ދެ މީހުންކަންވެސް ފާހަގަކޮށްލަން ޖެހެއެެވެ.
އަނބިރީތީ އަނގޮޓި ރީތިވީމަކާނޫން އެހެންވީމާ ބޭނުމީ އަނގޮޓި ރީތިވުމެއް އަދި އަގުބޮޑު ވުމެއްވެސްނޫން އެދެމީހުން އެފެށި ދަތުރު އަމާން އޮމާންކަންމަތީ ފަރި ދުވެލީގަ ސަލާމަތުގެ އައްސޭރީގަ ދުވެލަދުވެލާ ހުރުން
ވަރަށް ރީތި ގެރިއަކާ ވައްތަރު