އެމެރިކާގެ ޖައްވީ އެޖެންސީ ނާސާގެ "އިންސައިޓް ލޭންޑާ" އިން ނެގި މާސްގެ ފުރަތަމަ ފޮޓޯ ދުނިޔެ އަށް ފޮނުވައިފިއެވެ.

އިއްޔެ ކާމިޔާބު ކަމާއިއެކު މާސްގައި ޖެއްސި މި އުޅަނދުން ފޮނުވި މާސްގެ މަންޒަރު ފެންނަ ފޮޓޯ ނަގާފައިވަނީ އުޅަނދުގައި ހުރި ރޮބެޓިކް އާމް ކެމެރާއަކުންނެވެ.

މާސްގެ އުޅަނދުން ނެގި ފޮޓޯ އިން އުޅަދު ޖެއްސި ހިސާބު ވަށައިގެން މާސްގެ ފަރުބަދަތަކާއި ސަހަރާތަށް ވަރަށް ސާފުކޮށް ފެނިގެން ދެއެވެ. މި އުޅަނދު ވަނީ މާސްގެ ބިމުގައި ޖެއްސިތާ 7 މިނިޓު ފަހުން ފުރަތަމަ ސިގްނަލް ދުނިޔެ އަށް ފޮނުވާފައެވެ.

ނާސާއިން މައުލޫމާތު ދޭގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި އުޅަނދު މާސްގައި ދިރުން ހުރި ކަމުގެ ނިޝާންތަށް ހޯދުމަށް ތަހުލީލު ކުރަން ފަށާނެވެ.

ނާސާއިން ގަބޫލު ކުރާގޮތުގައި އިއްޔެ ޖެއްސި އުޅަނދަށް މާސްގެ އުތުރު ބިތުގައި އުފެދިފައިވާ ހިރަފުހުގެ ތޫފާނުގެ އަސަރު ކުރުން އެކަށީގެންވެ އެވެ. މާސްގައި އަބަދުވެސް އުފެދޭ މި ތޫފާންތައް އަންނަނީ އަހަރަކަށް ފަހު އަހަރެއް ބާރު ގަދަވަމުން ކަމަށް ނާސާއިން ހާމަކުރެ އެވެ.

ނާސާގެ އުޅަނދަކީ 850 މިލިއަން ޑޮލަރުގެ އަގުހުރި އުޅަނދެކެވެ. މި އުޅަނދު ކުރިއަށް އޮތް ދެ އަހަރު މާސްގައި ތަހުލީލު ކުރުންތައް ކުރިއަށް ގެންދާނެއެވެ.

ނާސާގެ އުޅަނދެއް މީގެ ހަ އަހަރުކުރިން 2012 ވަނަ އަހަރުވެސް ވަނީ މާސްގައި ޖައްސާފައެވެ. "ކިޔުރިއޯސިޓީ" ގެ ނަމުން ނަންދީފައިވާ މި އުޅަނދު ދިގު ރާސްތާއެއް ކަޑައްތުކޮށް މާސް އަށް ފޯރުމަށް ނުވަ މަސް ދުވަސް ނެގި އެވެ. އެ އުޅަނދު މާސްގެ ބިމަށް ޖެއްސީ އޮގަސްޓް 6، 2012 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުސްތޮ

    ތީ ފޭކު ޚަބަރެއް ހަގީގަތާއި ޚިލާފް ވާހަކައެއް

  2. ނަން

    ސައެންސް މިނިސްޓްރީން ވެއްޖެއެއްނު މި ޖާހިލުންނަށް ކާއިނާތާ ބެހޭ މައުލޫމާތުކޮޅެއް ދޭން