މައްސަރު ކަންތަކުގެ ސަބަބުން ބަނޑުގައި ރިއްސުމަކީ ގިނަ އަންހެނުން ތަހައްމަލް ކުރަން ޖެހޭ ބޮޑު ވޭނެކެވެ. މިކަމުން ސަލާމަތްވާން އެކި ވައްތަރުގެ ބާރުގަދަ ބޭސް ކައިހަދާއިރު، ބޭސް ވަނީ ވަގުތީ ފަރުވާއަކަށެވެ.
މިކަމުގެ ހައްލަކައް ކުދީނާފަތް ތެޔޮ އަދި ކާށި ތެޔޮ އަކީ ވަރަށް ރަނގަޅު އެއްޗެކެވެ. މި ތައްޔާރު ކުރުމަށް ކުޑަ ތައްޓަކައް 3-4 ތިކި ކުދީނާފަތް ތެޔޮ އަދި 2 ސައި ސަމުސާ ކާށި ތެޔޮ އެޅުމައްފަހު ރަނގަޅަށް މިކްސް ކޮއްލާށެވެ. އެއައްފަހު ދައްބަނޑުގައި މިތެޔޮ ހާކާ 5 މިނުޓު ވަންދެން މަސާޖް ކޮއްލާށެވެ. މިގޮތައް ކޮންމެ ދުވަހަކު 1 ފަހަރު ތަދުކެޑެންދެން މަސާޖް ކޮއްލާށެވެ.
ދެވަނަ ގޮތަކީ އިނގުރެވެ. މި ތައްޔާރު ކުރުމަށް ޖޯޑެއްގެ ތެރެއަށް 1 އިންޗި އިނގުރު ކޮޅެއް އެޅުމައްފަހު ހޫނުފެން އަޅާ 10 ވަރަކަށް މިނެޓު ވަންދެން ބަހައްޓާށެވެ. އެއަށްފަހު އިނގުރު ފެންތަށި ފިނިވުމުން ކުޑަ މާމުއި ކޮޅެއް އަޅާ ކޮންމެދުވަހަކު 3 އިރު ބޯށެވެ.
މީގެ އިތުރުން ގްރީން ޓީ އަކީވެސް ހަމަ އެހާމެ ރަނގަޅު ތައްޔާރު ކޮއްލަންވެސް ފަސޭހަ އެއްޗެކެވެ. ގްރީންޓީ ތައްޔާރުކުރާނެ ގޮތަކީ 1 މޭޒުމަތީ ސަމުސާގެ ތެރެއައް ޖޯޑު ފެން އަޅާ 3-5 މިނިޓު ވަންދެން ކެއްކުމައްފަހު ފިނިކޮށް 1 ސަމުސާ މާމުއި އަޅާ، ތަދު ކެޑެންދެން ކޮންމެ ދުވަހަކު 3 އިރު ބޯށެވެ.
މިގޮތަށް ކަންކޮއްފަނަމަ މައްސަރުގެ ކަމުގެ ސަބަބުން އެވާ ކެތްނުކުރެވޭ ތަދު ރަނގަޅު ވާނެކަމީ ޝައްކެތް ނެތްކަމެކެވެ.
ކުދީނާފަތްތެޔޮ ލިބޭނެގޮތެއް ނުވަތަ ހަދާނެގޮތެއް އިނގޭކުއްޖަކުބުނެދީބަ
ކުދީނާފަތް ތެއްޔަކަށް އަޅާގެން. ކުޑަ ފެންކޮޅެއް އޭގެ ތެރެއަށް އަޅާގެން ކައްކާނީ. ކާއްކާ ވަރަށް ތެޔޮތައް ނިކުންނާނެ. 2ވަނަ ގޮތަކީ ކުދީނާފަތް ބިއްލޫރި ފުޅިއެކަށް އަޅާފަ މަތި ބާރުކޮއްޖަހާފަ އަވީގެތެރޭގައި ބެހެއްޓުން.
ބަނޑު ހޫނުކޮށްލަނިކޮށް ވެސް ރަނގަޅުވާނެ.