މިހާރު އެތައް ބަޔަކު އުޅެނީ "ބިގް ފިޝް" ނަމަކަށް ކިޔާ ގޭމަކަށް ދެވިހިފައިގެންނެވެ. ފޭސްބުކް ބޭނުން ކުރާ މީހުން ކުޅެމުން އަންނަ ގޭމާއި އެކު އެންމެ ބޮޑު ތުރާލެއް ތަހައްމަލް ކުރަން ޖެހިފައި ވަނީ މިގޭމް ކުޅެން ބޭނުން ނުވާ މީހުންނެވެ. އެއީ ރަހުމަތްތެރިންގެ ފަރާތުން އިރުއިރުކޮޅާއި އަންނަ ބިގް ފިޝް ރިކްއެސްޓްތަކުގެ ސަބަބުންނެވެ. އެހެންކަމުން މިކަމުން ސަލާމަތްވާނެ ގޮތެއް ހޯދަން ގިނަ މީހުން ބޭނުން ވެއެވެ.

ރަހުމަތްތެރިންގެ ފަރާތުން ބިގް ފިޝް ރިކްއެސްޓް ނާން ގޮތެއް ހެދުމަށްޓަކައި ފުރަތަމަ ފޭސްބްކަށް ވަންނަ އިރު ކަނާތްފަރާތުން ކަނުން ފެންނަން އިންނަ ކުޑަ ތީރަށް ފިތާލުމުން ފެންނަ ސެޓިން އަށް ދާށެވެ.

އެއަށްފަހު ވާތް ފަރާތު އަރިމަތިން ފެންނަ "ބްލޮކިން" އަށް ގޮސް "ބްލޮކް އެޕް އިންވައިޓްސް" އަށް ގޭމް ރިކްއެސްޓް ފޮނުވާ ރަހުމަތްތެރިޔާގެ ނަން އެޑް ކޮށްލެވިދާނެއެވެ. އޭރުން އޭނާގެ ފަރާތުން އެއްވެސް އެޕްލިކޭޝަނެއްގެ ރިކްއެސްޓެއް ނާންނާނެއެވެ.

ނޫންނަމަ "ބްލޮކް އެޕްސް" އަށް "ބިގް ފިޝް" ނުވަތަ ބްލޮކް ކޮށްލަން ބޭނުންވާ އެޕްލިކޭޝަނެއް އެޑްކޮށްލާނީއެވެ. މިއީ އެންމެ ފަސޭހައިން މިކަމުން ސަލާމަތް ވެވޭނެ ގޮތެވެ.

މިހާ ހިސާބުން ގޭމް ރިކްއެސްޓްތަކުން ސަލާތް ނުވެވިގެން ދެން އުޅޭކަށް ނުޖެހޭނެއެވެ.