އުމުރުން އެންމެ 16 އަހަރުގެ ބޮޑު މިލިއަނަރަކަށް ދުނިޔޭގެ ސަމާލުކަން ހުއްޓިއްޖެއެވެ. ދުނިޔޭގައި އެހެން މީހުންނަށް ލިބިފައި ނުވާ ގިނަ އެއްޗެހި ގެންގުޅުމުގެ ނަސީބު ލިބިފައިވާ މި ކުޑަކުޑަ މިލިއަނަރަކީ ދުބާއީއަށް ނިސްބަތްވާ ރާޝިދު ސައިފް ބެލްހަސާއެވެ.

ރާޝިދަށް ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައި ވަނީ އޭނާގެ ޝާހީ ދިރިއުޅުމާއި، އޭނާގެ އަގުބޮޑު ގެ، ޓީވީ ޕްރޮގުރާމެއްގައި ދައްކާލުމުންނެވެ.

ޓީވީން ދެއްކި ޕްރޮގުރާމުން ފެންނަ ގޮތުގައި ރާޝިދު އުޅެމުންދާ ގޭގައި އަމިއްލަ ޒުލެއްވެސް އޮވެއެވެ. އެންމެ ނުރައްކާތެރި އަދި އެންމެ އަގު ބޮޑެތި ވައްތަރުތަކުގެ ޖަނަވާރުތައް އެތަނުގައި އުޅެމުންދާ އިރު، އެ ތަންތަނަށް ޒިޔާރަތް ކުރާ މީހުންނަކީވެސް އެންމެ މަތީ ފެންވަރުގެ ސެލެބްރިޓީންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާގެ ގޭގައި އޮންނަ ޒުލުގައި ސިންގާއާއި މިނިކާވަގު، ޕެންތަރ އަދި ލެޕަޑް ފަދަ ޖަނަވާރުތައް އުޅެމުންދެއެވެ.

ރާޝިދު

"މަނީ ކިކްސް" ގެ ނަމުގައި މި ކުއްޖާ އިންސްޓަގްރަމް ގައި އުޅެމުންދާއިރު، އޭނާގެ ޚާއްޞަ އަނެއްކަމަކީ މިލިއަން ޑޮލަރަށްވުރެ އަގުހުރި ބޫޓު ކަލެކްޝަނެވެ. ދުނިޔޭގައި އުފައްދާފައިވާ އެންމެ މަދު ވައްތަރުގެ ބޫޓުތައް ރާޝިދުގެ މި ކަލެކްޝަންގައި ހުރިކަމަށްވެއެވެ.

މިކުއްޖާ މިހާ ބޮޑު މުއްސަންޖަކަށް ވެފައިވަނީ މި ކުއްޖާގެ ބައްޕަގެ ސަބަބުންނެވެ. ސައިފް އަޙުމަދު ބެލްހާސާ ނަމަކަށް ކިޔާ މި މީހާއަކީ ޔުުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރެއިން އެކަކެވެ. ބިލިއަނަރެއްގެ ދަރަޖަ ލިބިފައިވާ މި މީހާއަކީ، އެޤައުމުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ހިންގާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަބީބު

    ކިތަންމެ މުއްސަދިވިޔަސް އެ މުއްސަދިކަން ދެއްވި ފަރާތް ( މާތްﷲ ) ގެމަތިން ހަނދުމަކޮށް ދީނީ ވާޖިބުތައްއަދާކުރުމާއެކު މުއްސަދިކަން އެކަލާންގެ އެންގެވި ޙުދޫދުގައި ބޭނުންކުރާނަމަ ތިޔައީ ޙަޤީޤީ މުއްސަންޖެކެވެ. ނޫންނަމަ ތިޔައީ ބިލާހެކެވެ.

  2. ބޯކިބާ

    ތީ މުއްސަންޖެއް. އާ ދެން އަހަރެންގެ ބަފާވެސް އެހާ މުއްސަނދި ނަމަ އަހަރެންވެސް ތިވަރު ވާނެ.