ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަލީ ފަޒަލް އާއި އޭނާގެ ލޯބިވެރިޔާ ރިޗާ ޗައްދާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ފަޒަލްއާއި ރިޗާ، ރާއްޖެ އައިސްފައި ވަނީ އިއްޔަގެ ވަގުތެއްގައެވެ. އެދެތަރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ މަތީފެންވަރުގެ ރިސޯޓެއްކަމަށްވާ ފުށިފަރު އައިލެންޑު ރިސޯޓުގައެވެ.

އެ ދެތަރިން ވަނީ ރާއްޖެއިން އަދާކުރި މެހެމާންދާރީ ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.

އަލީ ފަޒަލް އާއި އޭނާގެ ލޯބިވެރިޔާ ރިޗާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު އެމީހުން އަންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ހާމަވާގޮތައް ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނަށް ހިއްސާ ކުރަމުން ނެވެ.

ބޮލީވުޑުގެ އަރަމުން އަންނަ ތަރި ފަޒަލް އަކީ "ހެޕީ ބާގު ޖާޔޭގީ" އާއި "ހާމޯޝިޔާން" ގެ އިތުރުން "ބޮބީ ޖާސޫސް" ފަދަ ކާމިޔާބު ފިލްމުތަކުގެ ލީޑުން އޭނާ ފެނިގެން ގޮސްފައިވާ ތަރިއެކެވެ. އޭނާ މިހާތަނަށް ވަނީ 15 ފިލްމެއް ކުޅެދީފައެވެ..

ރިޗާއަކީވެސް ބޮލީވުޑްގެ ފިލްމީ ދާއިރާގައި އަރަމުން އަންނަ ތަރިއެކެވެ،. އެގޮތުން ރިޗާ ވަނީ "ފުކްރޭ" އާއި "ރާމްލީލާ" އަދި "ލަވް ސޯނިއާ" ފަދަ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެއްމެން

    މަރުޙަބާ ފަޒާލް އަދި ރިޗާ. ރާއްޖޭގާ ހޭދަކުރާ ދުވަސް ކޮޅަކީ ވަރަށް އުފާވެރި ދުވަސް ކޮޅަކަށް ވާނެކަމަށް އުއްމީދު ކުރަމެވެ. ރާއްޖެ އައިސް ދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ