އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި ކައިވެނި ކޮށްގެން އުޅޭ މޭގަން މާކެލް އޭނާ ބެލުންތެރިންގެ މެދުގައި މަގުބޫލް ތަރިއަކަށް ހެދި "ސޫޓްސް" ގެ މަންޒަރަކުން އަދި ފެނުން އެކަށީގެންވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިހާރު ފިލްމް ކުޅުން ހުއްޓާލައިގެން ހުރި މޭގަން "ސޫޓްސް" ގެ ހާއްސަ ފެނިލުމަކުން ބެލުންތެރިންނަށް ފެނިލުމަށް "އެންބީސީ" އިން އޭނާ އަށް އެތައް މިލިއަން ޑޮލަރެއް މިހާރު ހުށަހަޅާފައިވާ ކަމަށް ވެއެވެ. ނަމަވެސް ހާއްސަ ފެނިލުން ވެގެން ދާނީ ގިނަ ވެގެން ދެމިނެޓްގެ ފެނިލުމަކަށް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން އެއީ ފިލްމީ ސްކްރީނުން މޭގަން ދެކެން ބޭނުންވާ މީހުންނަށް މާބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަކަށް ނުވެދާނެއެވެ.

"އެންބީސީ" އިން މޭގަން އަށް ހުށަހަޅާފައި ވަނީ "ސޫޓްސް" ގެ ހާއްސަ ފެނިލުމެއްގައި ބައިވެރި ވެއްޖެނަމަ މިލިއަން ޑޮލަރުގެ އުޖޫރައެއްގެ އިތުރުން މޭގަން ބޭނުންވާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ އަކަށް އެތައް މިލިއަން ޑޮލަރެއް ހަދިޔާ ކުރާށެވެ. މޭގަން މިކަމަށް އެއްބަސްވާނަމަ ހާއްސަ ފެނިލުން އިނގިރޭސިވިލާތުގައި ޝޫޓް ކުރަން ވެސް "އެންބީސީ" އޮތީ ތައްޔާރަށެވެ.

މައުލޫމާތު އެނގޭ މީހަކު މީޑިއާއަށް ބުނީ "އެންބީސީ" އިން ނަގަން ބޭނުންވާ މަންޒަރު އެންމެ ދުވަހަކުން ނަގައި ނިންމާލެވޭނެ ކަމަށެވެ.

"އެމަންޒަރު ވެގެން ދާނީ މޭގަންގެ މިހާރުގެ ދިރިއުޅުން ދައްކުވައިދޭ މަންޒަރަކަށް. އިނގިރޭސިވިލާތުގައި އުފާވެރި ދިރިއުޅުމެއް އުޅެމުން އަލަތު ދަރިފުޅަށް ބަލިވެ އިން މީހެއްގެ ގޮތުގައި އެމަންޒަރު ދައްކުވައިދޭން އެންބީސީ އިން ބޭނުންވަނީ." މައުލޫމާތު އެނގޭ މީހާ ބުންޏެވެ.

މިޚަބަރާއި ގުޅިގެން ރަސްމީކޮށް އަދި އެއްވެސް ފަރާތަކުން ވާހަކަ ދައްކާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މަ

  ހުޅުމާލެ ޕިންކް ފްލެޓްތައް ކައިރީގަ އޮތް ހުސްބިމައްވެސް ކުނިއަޅަމުން ދަނީ! ފުލުހުން މިތަނަށް ކުނިއްޅާ މީހުންވެސް ބައްލަވައި ދެއްވާ.

  • މަކަލޯ

   މޭގަން އާ ތިޔަކުންޏާ ހުރި ގުޅުމަކީކޮބާ؟

   • ފިޔަވަޅު

    އެބުނާހެނަ މޭގަންއަށް ކޮންކަމެއް ތިތަނަކަށް ކުނި އެޅިއައްޔާ ނޭޅިއްޔާ ...ލޮލް

  • Anonymous

   ?????

 2. ނުރަބޯ

  2 މިނިޓް މާދިގު. ރަގަޅުވާނީ 2 ސިކުންތު...!!! އެހެންނާފަހެ.

 3. ބޮއްބޮ

  ބަލަ މޭގަން އެއް ނޫޅެޔޭ ހުޅުމާލެއަށް އަންނާކަށް.