ފުރަތަމަ ދަރިފުޅަށް ބަލިވެއިން މޭގަން މާކެލް ފުރަތަމަ ފަހަރަށް މާބަނޑު އަންހެނެއްގެ ހެދުމުގައި ރަސްމީ ހަފްލާއެއްގައި ބައިވެރިވެއްޖެއެވެ. މިއީ މިއަހަރު މޭގަން އާއްމުންގެ ތެރެއަށް ނިކުތް ފުރަތަމަ ފަހަރެވެ.

މޭގަން އިއްޔެ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާއެއް ނުލިބިފައި ތިބި އަންހެނުން އަނބުރާ ވަޒީފާ އަށް ނެރުމުގެ މަސައްކަތް ކުރާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ "ސްމާޓް ވޯކް" ގެ އޮފީހަކަށް ޒިއާރަތްކޮށް އެތަނުގެ މުވައްޒަފުންނާއި ބައްދަލުކޮށްފައެވެ.

މޭގަން "ސްމާޓް ވޯކް" ގެ އިވެންޓްގައި ބައިވެރިވަނީ

ރިޕޯޓްތައް ބުނާ ގޮތުގައި އިއްޔެ މޭގަން ތުރުކުރައްވައިގެން ހުރި ހެދުމަކީ 218 އެމެރިކާ ޑޮލަރުގެ ހެދުމެވެ. އެއީ ނަން މަޝްހޫރު އެތައް ފަންނާނުނެއް މާބަނޑު ދުވަސްވަރު ބޭނުން ކުރި ހެދުންތައް ފަރުމާކޮށްފައިވާ އެލީޒާ ޑްރެސް ބައި ހެޗްގެ އުފެއްދުމެކެވެ.

މޭގަން "ސްމާޓް ވޯކް" ގެ އިވެންޓްގައި ބައިވެރިވަނީ
މޭގަން "ސްމާޓް ވޯކް" ގެ އިވެންޓްގައި ބައިވެރިވަނީ

ސްމާޓް ވޯކް އަކީ ވަޒީފާ ނުލިބިފައި ތިބޭ އަންހެނުންނަށް އަނބުރާ ވަޒީފާއެއް ހޯދުމަށް ޓްރޭނިންތައް ދިނުމުގެ އިތުރުން ވަޒީފާގެ އިންޓަވިއުއަށް ދިއުމަށް ބޭނުންވާ އަންނައުނާއި ކަހަނާ ވެސް ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. އެޖަމިއްޔާގެ އެހީ ހޯދާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަށް ވަޒީފާ ލިބެއެވެ.

މޭގަން ފާހަގަ ކުރެވެނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި ގާތް ގުޅުމެއް ބާއްވާ، އެފަދަ ޖަމިއްޔާތަކުގެ އިވެންޓްތަކުގައި ވަރަށް ގިނައިން ބައިވެރިވާ ބޭކަނބަލެއްގެ ގޮތުގައެވެ.