ހިތްފަޅައިގެންދާ ވަރުވެފައިވާ މަންމައަކު މަރުވެފައިވާ އޭނާގެ ދަރިފުޅާއެކު ނުވަ ދުވަސް ހޭދަކުރި ގޮތުގެ ވާހަކަތައް ކިޔާދީފިއެވެ.

އުމުރުން 28 އަހަރުގެ ހެތާ ޖޯޑަން ބުނީ، 2016 ވަނަ އަހަރުގެ ޑިސެންބަރު މަސް ތެރޭގައި އޭނާގެ ވިހަން ޖެހުނީ މާބަނޑު ވެގެން ދިމާވި މައްސަލަތަކެއްގެ ސަބަބުންނެވެ. އެއިރު ބަނޑަށް 37 ހަފްތާވީއެވެ. އޭނާ ވިހާފައި ވަނީ އަންހެން ކުއްޖެކެވެ.

ހެތާ ބުނިގޮތުގައި، ފިރިމީހާ ލީއާއި ދަރިފުޅާއެކު ހަފްތާއަކަށްވުރެ ގިނަ ދުވަސް ހޭދަކުރެވެނީ ދަރިފުޅު ލައިގެން ގެންގުޅުނު ކޮޓްގެ ސަބަބުންނެވެ.

ދަރިފުޅާއެކު ވަގުތު ހޭދަކޮށްލަން ބޭނުންވާތީ ކޮޓްއެއްގެ އެހީގައި އެހާ ގިނަ ދުވަސްވަންދެން މަރުވެފައިވާ އެ ދަރިފުޅު ގެންގުޅުނުއިރު، އެ ދަރިފުޅާއި، އަދި ހެތާގެ އެހެން ތިން ދަރިންނާއެކު މަޖާ ވަގުތުތައް ވަނީ ހޭދަކޮށްފައެވެ. އަދި އެ ދަރިފުޅާއެކު ވަގުތު ހޭދަކުރުވުމުން އޭނާ އެހުރީ ވަރަށް އުފާވެފައެވެ.

ހެތާ މާބަނޑުވެފައިވަނިކޮށް މައްސަލަ ޖެހިގެން ހޮސްޕިޓަލަށް ގެންދެވުނުއިރު، ޑޮކްޓަރުން ވަނީ އޭނާގެ ބަނޑުގައިވާ ދަރިފުޅުގެ ހިތްހުއްޓިފައިވާކަމަށް ބުނެފައެވެ. އަދި ފަސްގަނޑިއިރު، ވިހެއުމުގައި ވޭނުގައި އުޅެފައި ހޭތާ ވިހެއިއިރު، އެ ދަރިފުޅު އޮތީ މަރުވެފައެވެ.

އެ ދުވަހަކީ އޭނާގެ ދިރިއުޅުމުގައި ދިމާވި އެންމެ ދެރަވި ދުވަސްކަމަށްވެސް ހެތާ ބުންޏެވެ.

ފިނި ކޮޓްެއެެއްގެ ތެރޭގައި އެ ދަރިފުޅު ގެންގުޅުނީ، އެ ދަުރިފުޅު މަރުވެފައިވުމުން އެ ދަރިފުޅުގެ ހަންގަނޑަށް ބަދަލު އަތުވެދާނެތީއެވެ. ހެތާއަށް ފިނި ކޮޓް ދިނީ ހޮސްޕިޓަލުންނެވެ.

ހެތާގެ ދަރިފުޅު މިހާރު ވަޅުލާފައިވާއިރު، ދަރިފުޅުގެ ހުރިހާ ކަމަކަށް އެހީތެރިވެދިން އެންމެންނަށް އެ މީހުން ޝުކުރުވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ