މީހަކަށް ލަނޑެއް ދީފައި ދާ މީހާއަށް ލަނޑު ލިބުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. މިއީ ދުނިޔޭގެ އާދަކަމަށްވެސް ވަރަށް ގިނައިން ބުނެވެއެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ.

އެގޮތުން، މިއީވެސް އެކަން ވަރަށް ރަނގަޅަށް ހާމަވާ ކަމެކެވެ. މީހަކަށް ލަނޑެއް ދީފައި، ނުވަތަ ދެރައެއް ދީފައި އަނެކުންނަށް އެއްވެސް އުފަލެއް ނެތްކަން ކިތަންމެހާވެސް ރަނގަޅަކަށް ހާމަވާ ކަމެކެވެ.

އިނގިރޭސިވިލާތުގެ "މިރާ" ނޫހުން ބުނެފައިވާ ގޮތުގައި، މީހަކަށް ވަނީ އޮޅުމަކުން މީހެއްގެ ކައިރީގައި ކައިވެނި ކުރަން އެހިފައެވެ. މި މީހާ، އޮޅުމަކުން މީހެއްގެ ކައިރީގައި އެހީ އެހެން މީހަކަށް ލަނޑެއް ދީފައެވެ. އެއީ، އެތައް ދުވަހެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އެކުގައި އުޅުނު އަންހެން މީހާއަށް ލަނޑު ދީފައެވެ.

އެނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ އައު އަހަރުގެ މުނާޞަބަތުގެ ތެރޭގައެވެ. މި މީހާ އޮޅުމަކުން އިންނަން އެހި މީހާ އެކަމަށް އެއްބަސްވެފައިވާއިރު، އެކަމުގެ ސަބަބުން އިތުރު މައްސަލަތަކެއްވަނީ ކުރިމަތިވެފައެވެ. މި މައްސަލަތައް ބޮޑުކަމުން ޤާނޫނީ ލަފާ ހޯދާ މިންވަރަށް ކަންތައްތައް ގޮސްފައިވާކަމަށްވެސް އެނޫހުން ބުނެފައިވެއެވެ.

މީސް މީޑިޔާ މެދުވެރިކޮށް މި މީހާ މިކަން އަމިއްލައަށް ހާމަކޮށްފައިވެސްވެއެވެ. އެކަމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މި މީހާއަށް ފާޑު ކިޔާ، ވާހަކަ ދައްކާފައިވެއެވެ.

އޮޅިގެން ޕްރޮޕޯސް ކުރެވުނު އަންހެން މީހަކީ، ފިރިހެން މީހާއާއެކު އެއް އޮފީހެއްގައި މަސައްކަތް ކުރާ މީހެކެވެ.