މީގެ 20 ވަރަކަށް އަހަރުކުރިން ގެއިން ނުކުމެގެން ދިޔަ ކޮއްކޮ މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

އިންޑިއާގެ ހަރިޔާނާއަށް ނިސްބަތްވާ ސިމަރްޖީތް ސިންހްގެ ކޮއްކޮ ގުމްރީތް ސިންހް ގެއްލުނީ މީގެ 20 އަހަރު ކުރިންނެވެ.

ގުމްރީތު މަރުވެފައި ވަނީ، ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ރޭލް ސްޓޭޝަނެއްގެ ޕްލެޓްފޯމް ކައިރީ މަޑުކޮށްގެން ހުއްޓާ ރޭލުގެ ދަށުވެގެންނެވެ. ގުމްރީތް މަރުވެގެން އޭނާގެ އާއިލާ މީހުން ހޯދުމަށް ފުލުހުން ވަރަށް މަސައްކަތް ކުރިއެވެ. އަދި މަރުވި މީހާއަކީވެސް ކާކުކަން ވަނީ ހޯދާ ނުގަނެވިފައެވެ.

ގުމްރީތުގެ އަތުގައި އައިޑީ ކާޑެއް ނެތުމުން ވަރަށް ގިނަ ދަތިތަކާއި ކުރިމަތިިވިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ އަތުގައި އޮތް ފޯން މެދުވެރިކޮށްވެސް އާއިލާއާ ގުޅޭތޯ ބެލިއެވެ. ނަމަވެސް އޭނާގެ ފޯން ހަލާކުވެފައި އޮތުމާއި، އެ ފޯނަށް ލައްވާފައި އޮތް ދެ ސިމްވެސް ހަލާކުވެފައި ހުރުމުން ޓެލެކޮމް އޮތޯރިޓީއަށް އެ ސިމްކޮޅުތައް ގެންދިޔައެވެ. އަދި އެ މީހުންގެ އެހީގައި ގުމްރީތްގެ އާއިލާ މީހުން ހޯދާ، ގުމްރީތް މަރުވިކަމުގެ ހަބަރު ދިނެވެ.

ސިމަރްޖީތް މުމްބާއިއަށް ގޮސް ފުލުހުންނަށް ގުމްރީތް ގެއްލިގެން ހޯދާތާ 20 އަހަރު ވެފައިވާކަމަށް ބުންޏެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުނީ ބައްޕަ މަރުވުމަށްފަހުކަމަށްވެސް ބުނެފައިވެއެވެ. އެ މައްސަލަ ފުލުހަށްވެސް ހުށަހެޅިއެވެ. އަދި ފަހުން ސިމަރްޖީތްވެސް އޭނާގެ ކޮއްކޮ ހޯދުމުގެ މަސައްކަތް ހުއްޓާލިއެވެ.

ގުމްރީތް ގެއިން ފިލައިގެން ދިޔައީ އަނބިމީހާއާ ޖެހުނު މައްސަލައެއްގައެވެ. އެ ޖެހުނު މައްސަލައަށްފަހު އެނބުރި ގެއަކަށް ނާދެއެވެ. އޭގެ ފަހުން އޭނާ ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދިޔައެވެ.

ފުލުހުން ވަނީ ގުމްރީތްގެ ހަށިގަނޑު އޭނާގެ އާއިލާއާ ހަވާލުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު