ގިނަބަޔަކަށް ޤަބޫލު ކުރެވިފައި އޮންނަ ގޮތުގައި ކިޔަވަން ވަކި އުމުރެއް އޮވެއެވެ. އަދި ވަކި އުމުރެއް ފަހަނަ އަޅާ ދިއުމަށްފަހު ދެން ކިޔެވުމަކީ ނުކުރެވޭނެ ކަމެކެވެ. ނަމަވެސް އުމުރުން 82 އަހަރުގައި ޑިގްރީއެއް ޙާސިލްކޮށް އެމެރިކާގެ ހިލަރީ ފްރޯޑް މިވަނީ ނަމޫނާ ދައްކާފައެވެ.

އިނގެރޭސި ވިލާތަށް އުފަން ހިލަރީ މިކަން ކުރަން ނިންމީ އޭނާގެ ފިރިމީހާ ސިޑްގެ ލަފަޔާއެކު އޭނާގެ ތިންދަރިންނާއި 2 މާމަ ދަރިންގެ އެހީއާއެކުއެވެ.

އޯލެވެލް ނިންމިތާ 67 އަހަރު ފަހުން ހިލަރީ އޭނާގެ ޑިގްރީ ހާސިލްކޮށްފައިވަނީ އިނގެރޭސި ވިލާތުގެ މަޝްހޫރު ޔުނިވަރސިޓީއެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ކިންގްސްޓަން އިންނެވެ. އޭނާ ފުރިހަމަ ކޮށްފައިވަނީ ކްރިއޭޓިވް ރައިޓިންގް އިން މާސްޓަރ ޑީގްރީއެވެ. އަދި މިހާތަނަށް މިމީހާވަނީ 2 ފޮތް ލިޔެފައެވެ. ނަމަވެސް މީގެ ތެރެއިން ފޮތެއް އަދި ޝާއިރު ކުރެވޭ ގޮތްވަނީ ނުވެފައެވެ.

ހިލަރީ ބުނެފައިވަނީ އޭނާ މިހާރު އުންމީދު ކުރާ ހަމައެކަނި ކަމަކީ އޭނާގެ ވާހަކަ ފޮތް ނެރުވުން ކަމަށާއި އަދި ޅަފަތުގައި ނުކެވުނު މީހުންނަށް އަދިވެސް ވަގުތު ނުގެއްލޭ ވާހަކަ ބުނެލަން ބޭނުންވާ ކަމަށެވެ.

ހިލަރީ އަކީ ކުޑައިރުއްސުރެ ތޫނިފިލި މީހެއް ކަމަށް އޭނާގެ އުމުރުން 16 އަހަރުގައި އިން ފިރިމީހާ ބުނެފައިވެއެވެ.