ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުންނާއި، ބޮލީވިޑު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި އެންމެ ރަނގަޅު ފިރިއަކީ ރަންވީރު ސިންގު އެވެ. ބޮލީވުޑުގެ ތަރިންތަކުގެ ތެރެއިން، އެމީހުންގެ އަނބިންނަށް އެންމެ ރަނގަޅު ފިރިއަކީ އެއީއެވެ. އަނބިމީހާ ދެކެ އެންމެ ލޯބިވާ ފިރިއަކީވެސް އެއީކަމަށް އެފަރާތްތަކުން ބުނެއެވެ.

އެފަރާތްތަކުން އިތުރަށް ބުނާގޮތުގައި ރަންވީރަކީ ދިޕިކާ ޕަދުކޯން ދެކިލުމަށްޓަކައި ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށްވެސް ދަތުރު ކުރާ މީހެކެވެ.

މި ވާހަކަ ދައްކާ ފަރާތްތަކުން އަނެއްކާވެސް ވަނީ އެފަރާތްތަކުގެ ބުނުމަށް ބާރު ލިބޭ އެހެން ކަމެއްވެސް ހިއްސާކޮށްފައެވެ. އެވެސް، ހެއްކާއެކުގައެވެ.

ރަންވީރު، ދިޕިކާގެ ހެދުމުގައި ހުރި ކިލާތައް ފުހެދެނީ

ދާދިފަހުން، މި ދެ ތަރިން ދިޔަ ކެއުމަކުން ނިކުންނަނިކޮށް ވަނީ އެމީހުންގެ ފޮޓޯތަކެއް ނަގާފައެވެ. ޕަޕަރާޒީންކަމަށް ބެލެވޭ ބަޔަކު މި ފޮޓޯތައް ނަގާފައިވާއިރު، ފެންނަ މަންޒަރުތައް ވަރަށް ތަފާތެވެ. އެއީ، އެތަނުން ނިކުތް އިރު ދިޕިކާ ލައިގެން ހުރި ހެދުމުގައި ހޭކިފައި ހުރި ކިލާތައް ރަންވީރު ފުހެދޭ މަންޒަރެވެ.

ރަންވީރު މިކަން ކުރާ މަންޒަރު ފެންނަ ބައެއް ވީޑިޔޯތައް އެމީހުންގެ ފޭން ޕޭޖްތަކުގައި އާއްމުވެފައިވެސްވެއެވެ.