ރާއްޖޭގެ ގިނަ ބަޔަކު ބަލާ އެއް ޝޯވކަމަށްވާ މޯލްޑިވިއަން އައިޑޮލްގެ ގަދަ 12 ބައިވެރިންގެ ވަރުގަދަ ހުށަހެޅުންތައް ރޭ ހުށަހަޅައިފިއެވެ.

ރޭ ފެނިގެން ދިޔައީ ގާލާ ރައުންޑުގެ ފުރަތަމަ ޝޯވއެވެ. އެ ޝޯވގައި ރޭ ބައިވެރިން ލަވަ ހުށަހަޅާދީފައި ވަނީ "އަބަދަށް ފެހި ލަވަތައް" މި ތީމަށެވެ.

ރޭ ކޮންމެ ބައިވެރިޔަކަށްވެސް އެ މީހަކު ގަޔާވާ ލަވަައެެއް ކިޔާލުމުގެ ފުރުސަތު ވަނީ ދީފައެވެ. ޖަޖުންގެ ފަރާތުން ބައިވެރިންގެ ލަވަތަކަށް ކޮމެންޓް ކުރިއިރު، ރަނގަޅު ކުރަންވީ ކަންތައްތަަކާއި، މިހާރު އެ ބައިވެރިޔަކަށް އައިސްފައިވާ އެންމެ ބޮޑު ބަދަލުގެ ވާހަކަ ޖަޖުން ވަނީ ފާހަގަކޮށްފައެވެ.

ރޭގެ ހުށަހެޅުންތަކަށް ބަލާ ބެލުންތެރިންނަށް އެންމެ ގަޔާވާ ލަވައެއް ކިޔާފައިވާ ބައިވެރިޔަކަށް ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިއަދު ހަވީރު 16:00 އާއި ހަމައަށް އެސްއެމްއެސް ކުރެވޭނެއެވެ. ވޯޓުލުމަށްޓަކާ، MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 އަކަށް އެސް.އެމް.އެސް ކުރެވޭނެއެވެ.

ގާލާ ރައުންޑުގެ ކުރިއަށް އޮތް ބުރަށް ދަތުރުކުރާނެ ބައިވެރިން މިރޭ ކަަށަވަރުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހާމިދު ދާއީ

    ވަރަށް ގިނަ ވާހަކަ ދައްކަން އެބަހުރި. ފުރަތަމަކަމަށް ޖަޖް ޒާރާ އަރާ ފުލޫނާޝިދުގެ ލަވަ ހުށަހަޅާލަ ދިންއިރު، އަހަންނަށް ބުނެވޭނީ "ޕިޗް އިޝޫސް!، ވޭރިއޭޝަން! ނޭވަސްވުން!" ފަދަ މައްސަލަތައް އިންތިހާއަށް ހުއްޓޭ. "އަހަންނަކަށް ކަމަކު ނުދެޔޭ" މިހެނެވެ. ވަރަށް ދެރަކޮށް މިދިއައީ. ޖަޖު އަރުވައިގެން ލަވަ ކިޔުއްވި އިރު އެހެން ކުދިންނަށް ނަމޫނާއަކަށް ވާކަހަލަ ލަވައަކަށް އެލަވަ ނުވިކަން. ގައިމު ރެކޯޑިންގ ވީއިރު، ސަކަރާތް ވީމާ އަލުން ރެކޯޑު ކޮށްލިނަމަވެސް ބެލުންތެރިންނަކަށް ޖަޖްގެ އިޝޫސް އެއް ފާހަގައެއް ނުވާނެ ދޯ.
    ދެވަނަ މައްސަލައަކީ ހުރިހާ ޖަޖުންވެސް މާބޮޑަށް ޝައިނާ އަށް ފޭވާކުރާކަން. ހީވަނީ އޭނާއަށް ނުކީގެން އަޑު މުޅިތާންގައި ދުވިއިރުވެސް ޖަޖުންނަށް އެވަރެއް ނެތްހެން. އަދި އެންމެފަހުން ހުދު އޭނާއަށް ރަނގަޅަށް ނުކިޔުކަން އިނގުމާއެކު ދެރަ ނުކުރާންވެގެން އުނޫޝާ މެޑަމް ގޮސް ގައިގައި ބައްދާވެސް ލި. ތަންފުކެއް ބޮޑުވަރު، ޝައިނާގެ ލަވައިގައި ޕިޗް އިޝޫސްވެސް ހުރި، ނޭވަސްކަންވެސް ކުރި، ހައިނޯޓާއި ލޯ ނޯޓް ރަނގަޅަށް ބްލެންޑް ނުވެވެސް ދިއަ. ފަހަރުގައި ރަނގަޅު ޗޮއިސް ނޫންކަމަށްވެސް ވެދާނެ.
    ރޭގައި އެންމެ ރަނގަޅަށް ހުށަހަޅައިގެން އަނެއް އަންހެން ބައިވެރިޔާ މާއީ ގެ ލަވަށް ހުރިހާ ގޮތަކުންވެސް އެއްވަނަ. އެކަމަކު ބައެއް ޖަޖުން އޭނާއަށް ގިނަ ޕޮސިޓިވް ކޮމެންޓް ކުރާކަށް ބޭނުމެއް ނުވި.

  2. ހިދުމަތް ޅިޔަނު

    ކޮމެންޓެއް ކޮށްލާނަން. ވަރަށް ނުބަލާ ޕްރޮގްރާމެއް ތިއީ. އެކަމަކު ރޭ މަޑުކޮށްލެވުނު ޓީވީ ދޮށުގައި މާލެތެރޭގައި ހިނގާ ހަމަނުޖެހުން ނުބަލަންވެގެން. މައިންޑް ފްރީ ކޮށްލަން ވެގެން.
    ބެލިއިރު ފާޙަގަ ކުރެވެނީ ޝައީނާ ސޭވް ކުރަން ވައުދުވެގެން ޖަޖުން އަރާ ތިބިހެން. އެހާ ގޯސްކޮށް ޕިޗިންގ ދިޔައީމާވެސް ހަމަ ރަނގަޅު. ވަރުގަދަ އަޑެއްކަމަށް ބުނެ. އެންމެންވެސް ޕޮސިޓިވް ކޮމެންޓް ކުރީ. އަނެއްކާ ހެއްވާ ކަމަކީ އޭނާ އަރާ ކޮންމެ ރެއަކު އޭނާގެ އަޑަށް ރޯގާ ޖެހިފައި ހުންނަކަން މާކުރިން ޖަޖުންނަށް މިއޮންނަނީ އިނގިފައި.
    ރޭ އެންމެ ރަނގަޅަށް ކިޔާލީ، އައްޑުއަތޮޅަށް އުފަން ކުޑަ ފިރިހެން ސޮރާއި، ކަނޑު ފީނަން އުޅޭ މާއީ ކަމާމެދު ޝައްކެއް ނުކުރަން.

  3. ސަޕޯޓަޜ

    ޢަޅުގަނޑައް ވެސް އެންމެ ފާހަގަވި އެއްކަމަކީ ސައިނާ ސްޓޭޖައް އަރާ ހަޑިހޭވި އިރުވެސް އޭނަ ވަރެއް ޖަޖުންނައް ނެތިގެން އެޅުންތަން ފެނުނީ އުނޫސާ ހީވަނީ އެހެންކަމެންހެން

  4. މަންޖެ

    މޯލްޑިވިއަން އައިޑޮލް ވަރަށް އަން ފެއަރ އަސްލު.....ވަރަށް ތަފާތު ކުރޭ...

  5. ސުހާ

    ސައިނާ އަކީ ވަރުގަދަ އަޑެއް!!

  6. ޔަލްވީ

    ސައިނާަ ކިތަންމެ ހަޑިކޮށް ކިޔަސް އެވަރެއް

    ނެތް ޖަޖުންނަކަށް ވަރަށް އަންފެއާ