މިދިޔަ އަހަރުގެ ތެރޭގައި، އިންޑިއާގެ މަދްޔަޕްރަދޭޝްގެ ޓީޗަރަކު އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ދަންޖައްސާ މަރާލުމަށް ތައްޔާރުވަމުން އެބަދެއެވެ.

އަލަށް ފާސްކުރި ގާނޫނުގެ ދަށުން ޓީޗަރު ދަންޖައްސަން ނިންމާފައި ވަނީ އަންނަ މަރޗް މަހުގެ ދެ ވަނަ ދުވަހުއެވެ. މަހެންދްރާ ސިންގ ގޮންޑްގެ ނަމަކަށް ކިޔާ ޓީޗަރު މަރަން ނިންމާފައި ވަނީ ޖޮދްޕޫރްގެ ޖަލުގައެވެ. އޭނާ މަރާނީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސްޕްރީމް ކޯޓަށް ހުށަ ނާޅައިފިނަމައެވެ.

ސަތްނާ ޑިސްޓްރިކްޓްގެ ކޯޓުން ގޮންޑް މެރުމަށް ވޮރެންޓް ނެރެފައިވަނީ، މަދްޔަޕްރަދޭޝަގެ ހައިކޯޓުން ސަތްނާ ކޯޓުން ނެރުނު ހުކުމް ދަމަހައްޓަން ފެންނަކަމަށް ހުކުމް ކުރުމުންނެވެ.

ގޮންޑްއަކީ ކޮންޓްރެކްޓުއަލް ޓީޗަރެކެވެ. މިދިޔަ ޖުލައި މަހުގެ އެއް ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައި ވަނީ، އުމުރުން ހަތަރު އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައެވެ.

ގޮންޑް އެ ކުއްޖާ ރޭޕްކޮށްފައި ވަނީ، އެ އަންހެން ކުއްޖާގެ ބައްޕައާ ބައްދަލު ކުރުމަށް ގޮސް އެ ކުއްޖާގެ ބައްޕައާ ބައްދަލުކުރުމަށްފަހު ދާން ބޭނުންވާތަކަށް ގޮސް، އެނބުރި އައިއިރު، އެ ކުއްޖާ އެކަނި އޮތްތަން ފެނިގެން ތަނަކަށް ގެންގޮސްގެންނެވެ.

އެ ކުއްޖާ ރޭޕް ކުރުމަށް ގޮންޑް އެ ކުއްޖާއަށް ވަރަށް އަނިޔާ ކުރިއެވެ. އަދި އެ ކުއްޖާގެ ވަލު ތެރެއަށް އެއްލާލިއެވެ. އެ ކުއްޖާ ގެއްލިގެން އާއިލާއިން އެ ކުއްޖާ ހޯދިއިރު، އެ ކުއްޖާ ފެނުނީ ވަލު ތެރޭގައި ވަރަށް ހާލު ދެރަކޮށް އޮއްވާއެވެ.

އެ މައްސަލާގައި އުމުރުން 23 އަހަރުގެ ގޮންޑް ހައްޔަރުކުރީ، އެ ކުއްޖާގެ މައިންބަފައިން އެ މައްސަލަ ފުލުހަށް ހުށަހެޅުމުންނެވެ.

އެ ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން ފަރުވާދިނުމަށް ދިއްލީއަށް ގެންދިޔައީ ހެލިކަޕްޓަރުގައެވެ.

ގޮންޑް ހައްޔަރުކުރިތާ 50 ދުވަސްވެސް ނުވަނީސް އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުވެ މެރުމަށް ހުކުމް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަހްމަދު

    ތިޔަ ކަންކުރަން މާލަސްވެސް ވެއްޖެ

  2. އަންމުދުން

    ތިކަން ކުރަން ވަރަށް ލަސްވެއްޖެ އަދިވެސް ކުޑަކޮއް އަވަސް ކޮއަލަން ފެނޭ.

  3. އަލީ

    އަހަރެމެން އިސްލާމް ގައުމެކަށް ވުރެ ރަނގަޅު ތާ ދޯ