2015 ވަނަ އަހަރުގެ މަހުގެ ފުރަތަމަ ދުވަހު މުޒާހަރާ (މޭޑޭ މުޒާހަރާ) ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެންމެ ޒުވާން އެކަކީ ލަބާން ޝަރީފެވެ. އެ މުޒާހަރާގެ ތެރެއިން އިސްކަންދަރު ސްކޫލް ކައިރިން ފުލުހަކު މަގުމައްޗަށް ވައްޓާލި މައްސަލާގައި ލަބާންއަށް ފަސް އަހަރު ދުވަހަށް ޖަލަށް ލިއެވެ. އެ މައްސަލާގެ ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ލަބާންއަށް ރައީސުލްޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން މަޢާފް ދެއްވިއެވެ.
ލަބާންއަށް އެ މައްސަލައިގެ މައާފް ލިބި ހުކުމްގެ ބާކީ ދެ އަހަރު އޭނާ ޖަލުގައި ހޭދަކުރަން ނުޖެހި އެނބުރި އޭނާ ވަނީ މުޖުތަމަޢަށް ނިކުމެފައެވެ. އޭނާއަކީ މޮޅު ގޯލްކީޕަރެކެވެ. ހައްޔަރުކުރިއިރު، އޭނާއަކީ އީގަލްސްގެ ގޯލް ކީޕަރެވެ.
މިހާރުވެސް އޭނާ ކުޅެން ދެއެވެ. އޭނާއަކީ އުއްމީދީ ގޯލްކީޕަރެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.
ލަބާން ޖަލަށް ލީ އެ ފުލުސް މީހާއަށް އަނިޔާދިނުމުންކަަމަށްވާއިރު، އެ ވާހަކައަކާއި، އެ ވާހަކައާއި ގުޅުން ހުރި ގިނަ ވާހަކަތަކެއް ފުރަތަމަ ފަހަރަށް އޭނާ ވަނީ ވީޓީވީގެ މެހްމާން ސަރާ ޕްރޮގްރާމްގައި ކިޔާދީފައެވެ.
ލަބާން ބުނީ، ފުލުސް މީހާގެ ގައިގާ ޖެހީ، އަނިޔާދޭކަށް ނޫން ކަމަށެވެ. އަދި އޭނާއަކީ އެ މުޒާހަރާގައި ބައިވެރިވާން ދިޔަ މީހެއް ނޫން ކަމަށާއި، އޭނާ ފުލުސް މީހާގެ ގައިގާ ޖެހީ، ބަޔަކު އެތަނުގައި އެ ފުލުސް މީހާ އަނިޔާކުރަނީއޭ ކިޔާތީ އެކަން ހުއްޓުވަން ކަމަށެވެ.
"އަސްލު އެ ދުވަހު ރައްޓެހިންތަކަކާއެކު އެތާ ތިބީ، މުޒާހަރާއެއް ވެއްޖެއްޔާ އިނގެއެއްނުން ވަރަށް އެހެން ކަހަލަ އެންވެރޮމެންޓެއް އެތާ އޮންނާނީ. ދެން އެންމެންވެސް ވަރަށް ހަލަބޮލި ވާނެ، ދެން އެތާ ހަމަ ތިބީ. /އެވިންސް ގޯޅިގަނޑުގައި/. އެތާ ތިއްބާ އިވޭ އަޑުގަދަވެގެން އުޅޭ، ލަބާންއަކީ އެކަހަލަ ކަމެއްވެއްޖެއްޔާ ބަލަން ބޭނުންވާ މީހެއް ކިހިނެއްތޯ ވަނީ. ދެން ލަބާން ދުއްވައިގަންނައިރު އިނގޭނެ ދޯ ވަރަށް އެހެން ކަހަލަ އެނާޖީއެއް އަންނަނީ މުޒާހަރާއެކޭ ބުނީމަ. ލަބާންވެސް ބަލަން މިިދިޔައީ، ދިޔައިރު، މީހުން ކިޔަނީ ތަޅަނީ ތަޅަނީއޭ، ދެން ލަބާންދާއިރު އެ، މައިންޑްގަ އިންނާނީ ދޯ، ދެން ގޮސް އެ ވަގުތުހަމަ މިނި ސެކަންޑްގަ ނުވިސްނާ... އިނގޭ ހަމަ ޖަހަން ޖަހާކަށްނޫން ޖެހީކީ، އެކަން ހުއްޓުވުމުގެ ނިޔަތުގައި ޖެހީ، އެއްވެސް މީހަކަށް އަނިޔާ ނުކުރަން ލަބާން ބޭނުންވަނީ. ލަބާންއަށް އިނގޭ ގޯސްކަމެއް ކަން. އެކަމް މައިންޑްގައި އިނީ މީހަކަށް އަނިޔާއެއް ކުރަން ނޫން". ލަބާން ވީޓީވީގެ މެހްމާން ސަރާ ޕްރޮގްރާމްގައި ކިޔާދިނެވެ.
ލަބާން ބުނީ، މީސް މީޑިއާގައި އޭނާ ޖަހާ ވީޑިއޯ ދައުރުވިއިރު، ބަލާ މީހަކަށްވެސް އޭނާ ދިޔައީ ތަޅަން ނޫންކަން އިނގޭނެ ކަމަށެވެ.
ކުރިމިނަލް ކޯޓުން ލަބާންގެ މައްޗަށް ކުރި ހުކުމްގައި ބުނެފައިވަނީ، މެއި އެއް ވަނަ ދުވަހުގެ ރޭ 10:00 އާއި 10:30 އާ ދެމެދުގެ ވަގުތެއްގައި މުޒާހަރާގެ ބައިވެރިން ކޮންޓްރޯލުކުރަމުންދިޔަ ޕޮލިސް ސާޖަންޓު އަބްދުއްރަހްމާން ހުސައިން މަގު މައްޗަށް ވައްޓާލާފައިވާ ކަމަށާއި، ލަބާން އޭނާ ވައްޓާލީ ފަޔަށް ޖެހި ޓެކުލްއެއްގައި ކަމަށްވެސް ބުނެފައި ވެއެވެ.
އެ މައްސަލާގައި ލަބާންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 25 ޖުލައި 2016 ގައެވެ. ފުލުސް މީހާގެ ގައިގާ ޖެހި މައްސަލާގައި ލަބާން ހައްޔަރުކޮށްފައި ވަނީ ފުޓްބޯޅަ ޕްރެކްޓިސް ގޮސް ހުއްޓާ މެއި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ލަބާން ބުނީ، އެކަމާއި ވަރަށް ދެރަވި ކަމަށެވެ.
"އޭގައި ލަބާން ކުރާނެ ކަމެއް ނޯންނާނެ ކަންނޭގެ، ދެން ދާން ޖެހޭނީ". ލަބާން ބުންޏެވެ،
ހައްޔަރުކުރި ފަހުން ވަރަށް ބިރުގަތްކަމަށް ލަބާން ވަނީ ބުނެފައެވެ. އެއީ ބައެއް މީހުން ދައްކަމުންދިޔަ ވާހަކަތަކުގެ ސަބަބުންނެވެ. ލަބާން ބުނީ، ބައެއް މީހުން ބުނަމުން ދިޔައީ ލަބާން އުމުރު ދުވަހަށް ޖަލަށް ލާނެ ވާހަކައެވެ. ދުވަހަކުވެސް އާއިލާ ނުފެންނާނެ ވާހަކައެވެ.
"ހިއެއް ނުކުރަން އަނެއްކާ އައިސް އުޅެވޭނެއޭ، އާދެވޭނެއޭވެސް". ލަބާން ބުންޏެވެ.
ޖަލުގެ ތަޖުރިބާ ކިޔާދެމުން ލަބާން ބުނީ، އޭނާ ފުރަތަަމަ ގެންދިޔައީ އަތޮޅު ވެއްސަށް ކަމަށެވެ. އެތަނުގައި އެތައް ދުވަހެއް ހޭދަކުރި ފަހުން ހުކުމްކުރިއިރު، ޖަލަށްވެސް ކޮންމެވެސް ވަރަކަށް ހޭނިފައިވާކަމަށް ލަބާން ބުންޏެވެ.
"އެތާ ގޮޅިއަކަށް ލާފައި އިނީ، އެއިރު އެއްބަޔަކު ތާސްކުޅެ އަނެއް ބަޔަކު ލަވަ ކިޔާ ދެން، ދެން ލަބާނުންވެސް އޮތީ ކަނެއްގައި ވިސްނާލާ ދެން ކިހިނެއްތޯ ހަދަންވީ. ދެން އަސްލު ވަރަށް ގޭ މަތިން ހަނދާންވި، ދެން އެ ދުވަހު ހަމަ ނުނިދޭ، ވިސްނެނީ ދެން ކިހިނެއްތޯ ވާނީ...". ލަބާން ބުންޏެވެ.
ހުކުމް އަންނާނެ ގޮތްވެސް އިނގޭ ކަމަށް އޭނާ ބުންޏެވެ.
ލަބާން ޖަލު ސިފަކޮށްފައި ވަނީ ދުނިޔެއަށް ލޯ ހުޅުވުނު ތަނެއްގެ ގޮތުގައެވެ. އެތަނުން ގިނަ ކަންކަން އަޑުއިވި، ކަންކަަމާއި، ވިސްނި ބައިވަރު މީހުންނާވެސް ދިމާވާނެ ކަމަށާއި، މިއީ ވަރަށް ބައިވެރި ފިލާވަޅުތަކެއް ދަސްވާނެ ތަނެއްކަމަށްވެސް ލަބާން ބުންޏެވެ.
"ކޮންމެހެން ގޯސްކަމެއްކޮށްފައި މިތަނަށް އަންނާށެކޭ ނޫން، ވަރަށް ބައިވަރު ފިލާވަޅުތަކެއް ދަސްވާނެ ތަނެއް އެއީ". ލަބާން ބުންޏެވެ.
ލަބާން ތިން އަަހަރު ދުވަސް ޖަލުގައި ހޭދަކުރުމަށްފަހު ޖަލުން ސަލާމަތްވެފައި ވަނީ މިދިޔަ އަހަރު މެއި މަސް ތެރޭގައެވެ.
ހާދަ ރީތި ސޮރެކޭ..
ލަބާން އަނިޔާ ހުއްޓުވަން ފުލުސްމީހާ ގައިގަ ޖެހީ؟ އެއީ އަނިޔާ އެއް ނޫން؟ އެހެންނޫނަސް ތިމާއާ ނުބެހޭ، ތިމާއަށް ހަޤީޤަތް ނޭންގޭ ކަންކަމުގެތެރެއަށް ބޯ ކޮއްޕީމަ ވާނެގޮތް ތިވީ.
ޏޗވގގވ
މިލިސެކަންޑް ތެރޭ ވިސްނަން ޖެހޭ އަނިޔާވާ މީހާއާއި އަނިޔާކުރާ މީހާ، ތި އޮތީ އޮޅިފައި، ބެހެން ނުޖެހޭކަމަކާ ބެހެވިފައި، އޮޅިފައި
ދެން އެހެންވީމަ ކަލޭވެސް މިކަމާ ނުބެހި ހުންނަން ވީނު
އިބުރަތް ހާސިލު ކުރުމަށް އެދެން. އެމްޑީޕީ މީހުންގެ ގޮވާލުމަށް ޝައިތާނީ ގޮވާލުމަށް އިޖާބަ ދީގެން ކިތައް ކިތައް މީހުން ޖަލުގައި އެބަތިބި.
ނިޔަތަކީ ހޮޅިން އަތުން ރާއްޖެ މިނިވަންކުރުން.
ވަރަށް ސަޅި ވާހަކަ. ނަސީބެއް ވެއްޓެމުން ދަނިކޮށް ފައި ހޫރާލެވުނު ގަޑީ ފުލުސް މީހާ އައި ވަގުތާ ދިމާވީއޭ ނުބުނިކަން
ޖަހަން ބޭނުންވި ނަމަ ހިއެއް ނުވޭ ދިރިހުއްޓާ ދޫކޮށްލާނެ ހެނެއް . އެެއީ މިޤައުމުގަ މިހާތަނަށް ކަންވެފަ އޮތް ގޮތަކީ . އެސޮރުގެ ވާހަކަ ވަރަށް ރަނގަޅު . އުޖާލާ މުސްތަޤްބަލެއް ދެއްވާށި
ދެންވެސް މަޖާވެފަ ގޮސް އަމަން ބަލަހައްޓާ މީހެއް ގައިގަ ނުޖަހާތި! އެމީހުން ވެސް ކުރާ ކަމެއް އެކުރަނީ އަމުރަކަށް. އެމީހުން ކުރާ ކަމެއް ކަމުނުދަންޏާ ގޮސް އެއަމުރެއް ކުރާ މީހެއް ހޯދައިގެން އެމީހެއް ގައިގައި ލަޑާ.
އެހެނެއް ކަމަކު އެމީހުންނުޖެހޭނެ އަނިޔާ ކުރާކަށް
ހަމަ ގަސްތުގަ އަނިޔާ ކުރަން ޖެހި ކަން އެނގޭ. ކުރިއަށް އޮތް ތާގަ ވެސް ވިސްނައިގެން އެ ކަހަލަ ތަން ތަނަށް ނުގޮސް ވޭތޯ ބަލާތި
މަނަމަވެސް ބުނާނީ ތިހެން. ދާންވީނު ވަޅިޖަހާ މީހުން ފަހަތުން އެމީހުން ހުއްޓުވަން، ތިހާވަރަށް ކޮންޓްރޯލް ނުވަންޏާ. ތީތި ކަޑައޭ ބުރޯ. އެދުވަހު ކައެ ހަމަ ޖެހީ.
ލަބާން ވެސް މި ކޮމެންޓް ކިޔާނެކަމަށް ހީކުރަން. އެދުވަހު ކަންތައްވީގޮތް ކޮންމެހެން ކިޔައިދީ، މީހުންގެ ސިމްޕަތީ ހޯދަން އުޅުމަކީ މާ ހަޑިގޮތެއް. އެންމެންގެ ލޯ ކުރިމަތީގަ ވީކަމެއް އެއީ. މީތި ޓްވިސްޓްކުރަން އުޅުމަކީ އަދި މާ ހުތުރުކަމެއް.
ޅަބާނެއް ކަބާނެއް ކިޔާނެ ކަމެއް ނެތް! ހަމަ ޤސްދުގަ ޖެެެހީ!
ޖަލަށް ލީވެސް ޖަލަށް ލާން ވެގެނެއް ނޫން
ކުދަކުދިންކައިރީ ދައްކާކަހަލަ ވާހަކަ
މިޔަދު ކިތައްމެރަގަންޅަސް އެދުހަހު ކަންކުރީ ވަރައް ގޯސްކޮއް އަނިޔާކުރުމައް އެދުހަު ހުޅުވި ދިރަކީ ލަބާން
ފުލުހުންވެސް ހުއްޓުވަން ޖެހިއްޖެއްޔާ ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވަން ޖެހޭނެ. އަނިޔާއާ ދެކޮޅަށް ތެދުވީތީ ޝުކުރުކުރަން
ތިމާމީހާ ކުރި މުޑުދާރު ނުބައި ކަންތަށް ރީތިކުރަން....
ދައްކާ ދެކޮޅު ނުޖެހޭވާހަކަދޯ!
މުންކަރާތެއް ނަހީކުރަން ފުރަތަމަ ޖެނީ އެ މުންކަރާތަކަށް އަރާގަނެ އޭގައި ބައިވެރި ވާންތޯ؟
މިސާލަކަށް ތިބާ އަށް ފެނުނީ ބަޔަކު ﷲ އަށް ޝިރުކް ކުރަނިކޮން ،ނުވަތަ ޒިނޭކުރަނިކޮން . ނުވަތަ ރާބޮނިކޮން. ނުވަތަ ވައްކަން ކުރަނިކޮން. ދެން އެކަން ހުއްޓުވާށޭބުނެ ޖެހޭނީ އެކަމުގެ ތެރެއައް ވަދެ އަކަން ކަމާއި ބައިވެރިވާންތޯ؟
ނުވަތަ ކަލޭ ގޯލުގައި ހުއްޓާ ލަނޑުޖަހަން އައްނަ އިދިކޮޅު ކުޅުންތެރިޔާ ކަންފަތްމަތީ ޖެހިޖެހީނުން ވައްޓާލާފަވެސް ބުނާނީ މިހެންތާދޯ؟"އަސްލު އުޅުނީ ލަނޑުޖހާފާނެތީ އެކަން ހުއްޓުވަން"!
ތީ ކޮންތާކުން ހޯދާގަން ފޮތަކާއި ގޮތެއްތޯ؟
ކަލޭ ދައްކާ ވާހަކަ ހަމައެއް ނުޖެހޭ
ފުލުސް މީހާގެ ގައިގާ ޖެހީ، ބަޔަކު އެތަނުގައި އެ ފުލުސް މީހާ އަނިޔާކުރަނީއޭ ކިޔާތީ އެކަން ހުއްޓުވަން ކަމަށެވެ. އަނިޔާ ކުރާކަށް ނޫނޯ.ކެކެކެ. އަދި ލަބާން އަށް ފެނެއްޖެއްޔާ ކިހާވަރެއްވާނެ. ދެން ފުލުސް މީހާ ޖެހީމަ އަނިޔާ ލަބާން އަނިޔާ ދޭކަށް ނޫނޯ.
ބަލަ ލަބާނޫ ފުލުހުން ޖަހަން އެމީހުން އަތަށް މުގުރު ދީފަ އޮންނަ ކަން އެގޭތަ
ކުރިޔަށްއޮތްތނުދެންއެފަތަނަކަށްނދިއުމަށާއި އެފަވިޔާނުދާކަމެއްގައިބައިވެރިނުވުމަށް ނަޞިހަތްތެރިވަން އަދިއެފަދައެފަދަވިޔާނުދާކަމެށްނުކުރާނެކަމަށްއުންމިދުކުރަން
ނޮވެމްބަރު ތިނެއްގެ އެއްބާނީ ސަގަރޭ ޖަލުން ނިކުމެ ދެއްކި ކަހަލަ ވާހަކަ އެއް ތި ދެއްކުނީ ކޮއްކޯ
ކުޑަކުދިން ކައިރީގަ ތިވާހަކަ ދައްކަބަލަ ހިޔަޅާ. ފުލުސް މީހާ ފަހަތުން އޭނަގައިގަ ތަޅަން ވެގެން މީހުން ދުވެ އަތުނުވެގެން އުޅެނިކޮށް ކަލޭ އޭނަ ކިކްޖަހާ ވައްޓާލީ. ކަލެއަށް ރަނގަޅަށް އެނގޭނެ މުޒާހަރާ މީހުން އުޅުނީ އެސޮރު ހޭއަރުވާލަންކަން. އޭނައަށް ހުރިހާ އަނިޔާއެއް ލިބުނީ ކަލެއާހެދި. އޮޅުވާލަން ނުއުޅޭ. ވިސްނާތި ސޮރާ.
ވީޑިއޯ ބަލާލި ކޮންމެ މީހަކައް އިގޭނެ ގަސްތުގަ ފައިން އަޅުވާފަ ވައްޓާފަ ޖެހީކަން އަނިޔާ ހުއްޓުވަން ގޮސް އަނިޔާ ކުރީ ތިދައްކާ ވާހަކަ ގަބޫލު ކުރާނީ ކިހިނެއް އެދުވަހު ކަންތައް ކުރެވުނު ގޮތާ މެދު ދެރަވާ ވާހަކަ ބުނިނަމަ ވެސް ތާހިރުވީސް
ލަބާން ބުނީ، ފުލުސް މީހާގެ ގައިގާ ޖެހީ، އަނިޔާދޭކަށް ނޫން ކަމަށެވެ.
:ޕ
ރައީސް ޔާމީންގެ ބައްޕަ ލަބަާން އަށް މައާފް ދެއްވީ :)))))
ތި
މިތާ ކޮމެންޓް ކުރާ މީހުން އެ އިންޓަވިއު ބަލާލި ހެނެއް ހިޔެއް ނުވޭ. އޭނަ ސާފިކޮއް ބުނި އޭނަ އައް ކުރެވުނު ކުށެއް ކަމައް. އަދި ފުލުސް މީހާ އައް މައާފައް އެދި ސިޓީއެއް ލިޔުނު ކަމައް. އަދި އޭނަ މައާފް ކުރި ކަމައް. ދެން މިތާ ކޮމެންޓް ކުރާ މީހުންގެ ކޮން މައްސަލަ؟؟ ލަބާން މިނިވަންވީ ޕެރޯލް ގެ ދަށުން، ރައީސް ގެ މައާފް އަކުން ނޫން!
ހެހޭ. އަދިވެސް މީހަކު ގޮވާލާއިރަށް "ބަސްދީގަތުން "
ދޭން ދާތީ!
ތާހިރުވެއްޖެނޫ.
ކަލޭ މިއަދު ދޮގު ހެދުމަކުން ކުރަނޭ ފައިދާއެއް ނެތެވެ. ކަލޭ ބާރު ދުވެލީގައި ގޮސް ، ދުވެފައިދިޔަ ފުލުހެއްގައި ޓެކްލްކުރިތަން ވަރަށް ސާފެވެ.
ދޮގުވާހަކަތައް މިހާރު ކިޔާދޭނެކަމެއްނެތް - ވީޑިއޯއިން އެފެންނަނީ އެދުވަހު ކަންތައް ކުރިގޮތް - މިހާރު ކުށެއް ކުރި ބަޔަކު ނުތިބޭނެ - މިހާރު ތިބޭނީ ސާފް ހުދު ފޮތިކޮޅެއްފަދަ މީހުން
ލަބާން ކަލޭ މޮޔަ ނުގޮވާ ހުރެބަލަ. މާލޭގަ މާރާމާރީ ހިންގާމީހުން ވެސް ވަޅި ޖަހަނީ މާރާމާރީ ހުއްޓުވަން ދޯ .. ލަބާން ކަލޭ ތިކަހަލަ ވާހަކަ ދައްކާނީ ކުޑަކުދިން ކައިރީ .. ހެ ހެ ހެ
ލަބާން ޕޮލިސް އޮފުސަރުގައި ޖެހިވީޑިޔޯ އަދި އެއްފަހަރު ބަލާލަބަލަ ފިރުމާލީއެއްނޫންދޯ މަރާލަން ޖަހާގޮތަށްޖެހީ ފޮނިކަނޑާނެ ކަމެއްނެތް
ބޮޑު ފިރިހެނެއް ދައްކާ މޮޔަ ވާހަކަ ބަލާބަަލަ... މީހަކު އޭނާ ކައިރީ ބުންޏޯލަ ޕޮލިހުން މީހުމަށް އަނިޔާ ކުރަނީޔޯލަޔޯ... މީހަކައް އަނިޔާ ކުރާ މަންޒަރެއް ނުފެނި މިކަލޭގެ މޮޅު ޓެކަލް މިއަޅުވަނީ އެމްޑީޕީ ޖަނަވާރު ބައިގަނޑު ތަޅާ އަނިޔާ ކުރާތީ އެމީހުމްގެ ކިބައިން ސަލާމަތް ވުމަށް ދުވި ޕޮލިސް މީހެއްގެ ފައގަ... ކަލޭ ހަމަފުޅުތޯ
ޖަލުގައި މިހާރު ތިބި ހުރިހާމީހުން ކައިރިންވެސް އަހާބަލަ އެމީހުން ކަންކުރިގޮތް. އެމީހުންގެ ވާހަކަ އަޑުއަހާފައި ސަލާމަތްކުރަން ނުޖެހޭ އެކަކު ހުރިތޯ ބަލަން.
ތީ ބުއްދި ސަލާމަތުން ހުރި ސޮރެއްބާ؟ މިހެން މިބުނީ މީހެއްގެ ގައިގަ ޖަހާނެތަ އަނިޔާކުރުމުގެ ނިޔަތުގައި ނޫނީ؟
މި ކަލޭގެއަށް މާފު ދޭނެކަމެއްނެތް. އަދިވެސް ކުށަށް އެއްބަސްނުވާ ވައްތަރަށް ވާހަކަ ދައްކާ އަނިޔާ ހުއްޓުވާށޭ ޖެހީ ކިއަިގެން މި ކަލޭގެ ގެ ޖަރީމާ ދިފާއުކުރެވޭތޯ މި އުޅެނީ. މި ކަހަލަ މީހުން ރަގަޅު ވާނީ ފުލްޓަރމް ހަމަ ކުރުވީމަ ޖަލުގަ ތޭރިތަކުގަ. ފުލުހެއްގެ ގައިގަ ޖެހުމަކީ އާންމުންގެ އެތައް ބައެއްގެ ގައިގަ ޖެހުން. ބޭރުތަންތަނުގަވެސް ފުލުހެއްގެ ގައިގަ އަތެއް ނުލެވޭނެ. ހޭައަރުވާލާނެ އެމީހަކަށް. ދުވަހަކު ފުލުހަކާ ނުބެހޭ ވަރުގެ އަދަބެއް ދޭނެ.
ޖަލުން ިއސްލާހުވިނަމަ ބުނާނީ ފުލުހެއްގެ ގައިގަ އަތް ނުލައްޗޭ. ފުލުހަކު ކުރާ ކަމަށް ބެލެވޭ ނުބައި އަމަލަކަށް އަދަބި ދޭނީ ތިމަންނައެއް ނޫނޭ. ގާނޫނޭ.
މި ވަގުތު މީހުން އަބަދުވެސް އުޅޭނީ ޔާމީންގެ ހެޔޮކަން ދައްކަން، ބަލަ ރަނގަޅަށް އުޅެންޏާ ޕެރޯލްގެ ދަށުން މިނިވަން ވާނެ ކަން އެންމެނަށްވެސް އެނގޭނެ، މާފް ދެއްވިނަމަ، ޕެރޯލުގެ ދަށުގަ އޭނާ ނުހުންނާނެ.
އޮޓޯއިން ޖެހުނީ
އެތަނަށް ދިޔައީ މުޒާހަރާގައި ބައިވެރިވާކަށްނޫން! ފުލުސްމީހާގެ ގައިގައި ޖެހީ އަނިޔާުރާކަށްނޫން! މީ ކޮންކަހަލަވާހަކަ ދައްކާ މީހެއް!
ލަބާން ކޮއްކޯ ބޯހަމަޖެހޭ ބުއްދިގަބޫލު ކުރެވޭ ޒާތުގެ ވާހަކަ ދައްކާ އެވީޑިޔޯ އަޅުގަނޑުވެސް ބެލިން ލަބާން މިސްކިތުން ފައިބަނިކޮށް ވެއްޓުނީކީ ނޫން ހަމަ ގަސްތުގާ ހަމަލާ ދިނީ ކުއްކޮއްފާ ސާފް ހުދުފޮތިކޮޅަކަށްވާން މަސައްކަތް ނުކުރޭ ލަބާން މިހާރުތީ ބޮޑުމީހެއް ކުޑަކުދިން ދައްކާ ކަހަލަ ބޯހަމަނުޖެހޭ ބުއްދި ގަބޫލު ނުކުރެވޭ ވާހަކަނުދައްކާ ލަބާން ކޮއްކޯ