މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން މީސްމީޑިޔާގައި އެންމެ ގަދަޔަށް ވައިގައި ހިއްޕާލި އެއްވާޙަކައަކީ މޭކަޕް އާޓިސްޓް މިހޫނާ އަހްމަދުގެ ވާހަކައެވެ. މިހޫނާ އޭނާގެ ކްލައިންޓުންނާއި ދެމެދު ދައްކާފައިހުރި ވާހަކަތަކުގެ ސަބަބުން މިހޫނާ އާ ދެކޮޅަށް މީސްމީޑިޔާގައި ވަރުގަދަ ކެންޕެއިނެއް ފެށިއިރު، މި ޕްރެޝަރތަކަށް ކެތް ނުވެގެން އޭރު މިހޫނާ ވަނީ މީސްމީޑިޔާއާ ދުރެވެފައެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓް ޑީއެކްޓިވޭޓްކޮށްލާފައެވެ. ނަމަވެސް މީގެ ދެދުވަހެއްހާ ކުރިން މިހޫނާ މިވަނީ އެނބުރި އައިސްފައެވެ.
މައްސަލަ ފެށުނީ ކިހާ ހިސާބަކުން؟
މީސްމީޑީޔާގައި މިހޫނާއާ ދެކޮޅަށް ފުރަތަމަ ކެންޕޭނެއް ފެށިގެން އައީ އޭނާގެ ކްލައިންޓެއްގެ ފޮޓޯ ހުއްދަ ނެތި ބޭނުން ކުރުމުގެ ސަބަބުންނެވެ، އަދި އޭރުވަނީ މި ކްލައިންޓާއި މިހޫނާއާ ދެމެދު ދެކެވުނު ވާޙަކަ ތަކުގެ ސްކްރީންޝޮޓްއެއް މީސްމީޑިޔާގައި ދައުރުވެފައެވެ. އޭރު މީސްމީޑިޔާގައި ދައުރުވި އޭގައި ބުނާގޮތުގައި އަންހެނަކު އޭނާގެ ކައިވެންޏަށް އެއް އަހަރު ފުރުމުގެ އުފަލުގައި ފޮޓޯ ޝޫޓެއް ކުރުމަށް މިހޫނާ ގާތުން އެދުނެވެ. ދެ ފަރާތުން ވާހަކަ ދެއްކުމަށްފަހު ނިންމީ ނަގާ ފޮޓޯތައް އިންޓަނެޓުގައި ޕޯސްޓު ނުކުރާށެވެ. ފޮޓޯ އާންމު ކުރުމަށް ބޭނުން ނުވީ އޭނާގެ ފޮޓޯތައް ހަމައެކަނި ދައްކަން ބޭނުންވީ އޭނާގެ ފިރިމީހާއަށް ކަމަށްވާތީ ކަމަށް ސްކްރީންޝޮޓްގައި ކްލައިންޓް ބުނެފައިވެއެވެ. ނަމަވެސް ކްލައިންޓްގެ އެދުމާ ޚިލާފަށް މިހޫނާ މިފޮޓޯތައް ބޭނުން ކުރިއެވެ. މިހާހިސާބުން މައްސަލަ ގޯސްވިއެވެ.
ދެންވީ ކިހިނެތް؟
މިހޫނާ އާއި އޭނާގެ ކްލައިންޓްކާ ދެމެދު ދެކެވުނު ވާހަކަތައް ރާއްޖޭގެ ވައިރަލް ޕޭޖްތަކަށް އަރައިގެން ދިއުމާއެކު، ގިނަ ބައެއްގެ ފާޑު ކިޔުން މިހޫނާއަށް އަމާޒުވެގެން ދިޔައެވެ. މިއާއެކު މިހޫނާ "ލާފިން އޮބްޖެކްޓަކަށް" މުޅި މީސްމީޑިޔާގައި ވެގެންދިޔައެވެ. އަދި މީގެ ކުރިން މިގޮތަށް "ރޫޑް" ކޮށް މިހޫނާ ކަންތައްކޮށްފައިވާ ކްލައިޓުންގެ "އަނގަ ފަޅާ" އެވާޙަކަތައް ގިނަ ބަޔަކާ އެމީހުންވެސް ވައިރަލް ޕޭޖްތައް މެދުވެރިކޮށް ޙިއްސާ ކުރިއެވެ.
ކޮބާ ނަތީޖާއަކީ؟
މިގޮތަށް މިހޫނާ ކަންތައް ކުރުމުން ގިނަ ބަޔަކު މިހޫނާއަށް ނަފުރަތު ވިއެވެ. އަދި އޭނާގެ އެންމެ ބޮޑު ފޭން ބޭސް އޮންނަ އިންސްޓަގްރާމްއިން މިހޫނާ އަންފޮލޯ ކުރަން މީހުން ފެށިއެވެ. އެއާއެކު މިހޫނާވަނީ އިންސްޓަގްރާމް ޑީއެކްޓިވޭޓްކޮށްފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ މިހޫނާ މިގޮތަށް ކަންތައްކޮށްފައިވަނީ އިންސްޓަގްރާމްއިން ގިނަ ބަޔަކު އޭނާ އަންފޮލޯ ކުރަމުންދާތީ އެކަން ހުއްޓުވުމަށެވެ. އަދި މައްސަލަ ފިނި ވުމުން މިހޫނާ އަނބުރާ އަންނާނެ ކަމަށް އޭރުވެސް ގިނަ ބަޔަކު ބުނަމުން ދިޔައެވެ.
ކިތައް މީހުން މިހާތަނަށް އަންފޮލޯކޮށްފި؟
މިހޫނާ އިންސްޓަގްރާމުން ގެއްލުމާއިއެކު ގިނަ ބަޔަކު ބަލަބަލާ ތިބީ މިހޫނާ އެނބުރު އަންނަ ދުވަހެއްގެ އިންތިޒާރުގައެވެ. މިހޫނާ އަންފޮލޯ ކުރުމަށެވެ. މިހޫނާ އިއްޔެ އެނބުރި އިންސްޓަގްރާމްއަށް އައިއިރު، އޭނާ ފޮލޯ ކުރާ 29،300 މީހުން ތިއްބެވެ. މިއަދު މިހޫނާގެ ފޮލޯވަރުންގެ އަދަދުވަނީ 29،000 އަށް ދަށްވެފައެވެ. މިމައްސަަލެ ފެށުނު ފަހުން މިހޫނާގެ 900 އެއްހާ ފޮލޯވަރުން ގެއްލިފައިވާ ކަމަށް ފެޝަންގެ ދާއިރާގައި ހަރަކާތްެތެރިވަ މީހަކު މަޢުލޫމާތު ދިނެވެ.
ކޮބާ ޢިބުރަތަކީ؟
މިހޫނާއަށް ވެގެން މިދިޔަ ކަންތަކުން ގިނަ ޢިބުރަތްތަކެއް މިފަދަ މަސައްކަތް ކުރާ ފަރާތްތަކުން ޙާސިލް ކުރަން ޖެހެއެވެ. ފުރަތަމަ ކަމަކަށް ކްލައިންޓުންގެ ޝަރުތުތަކަށް އިޙްތިރާމް ކުރުމެވެ. އެގޮތަށް އެކަން ނުކުރެވޭނަމަ މަސައްކަތަށް އެއްބަސް ނުވެވިދާނެއެވެ. މީގެ އިތުރުން ކްލައިންޓުންނާ ވާހަކަ ދައްކާއިރު، މަނޑުމައިތިރިކޮށް ވާހަކަ ދައްކަން ޖެހޭކަންވެސް ހަނދާން ކުރަންވާނެވެ. ތިމާގެ ކައިރިން ޚިދުމަތެއް ލިބިގަންނަ މީހާއަށް އިޙްތިރާމްކޮށް މަޑު މައިތިރި ކަމާއެކު ކަންތައް ނިންމަންވާނެއެވެ.
މިހޫނާގެ މައްސަލައިގައި މިހޫނާގެ ކެރިއަރއަށް މިވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތި ވެފައެވެ. ކުރަމުން ދިޔަ މަސައްކަތް އަލުން ފެށުމަކީ އުނދަގޫ ކަމަށް މިވަނީ ވެފައެވެ. މިހާހިސާބުން އެންމެ ރަނގަޅު ގޮތަކީ ވެދިޔަ ކަންތައް ހަނދާނުން ފޮހެލާ، މިހޫނާއަށް އިތުރު ފުރުސަތެއް ދިނުން ނޫންތޯއެވެ.
މިފަދަ މީހަކައް އިތުރު ފުރުސަތެއް ދޭކައް މަށަކައް ނުފެނޭ މީމަގޭހިޔާލު ވިސްނަންޖެހޭ މިހާރު އަނެއްކާ އެނބުރިއައީ ކިންފަދަ ބަދަލެއްހިފަން ބާއޭ މުސްކުޅިން ބުނެ އުޅެނީ އެއްފުޅައްމަތިން ފުމްމާލި ބަކަރި އަނެއް ފުޅައްމަތިންވެސް ފުމްމާލާނެކަމައް މީއިބުރަތުން ފުރިގެންވާބަހެއް
ތެދު ވާވަކަ އެއް. ލޮލް
މަންޖޭ! މިހޫނާ އެކަންޏެއްނޫން ކަމުނުދާނީއެއް! ދެން އަރަން އޮތް ހޫނު އަދި މާ ވަރުގަދަ! އިސްލާޙްވޭ! މިހޫނާއެކު މޭކަޕްކުރިޔަސް ދެން އޮތް ހޫނަކަށް ކެތެއްނުވާނެ!
ފުރުސަތު ދިނަސް އޭނަގެ ހިތް އެެއަށްވުރެ މަތި ވާނީ. ޢަދިވެސް އޭނަ ގަބޫލެއް ނުކުރޭ ކަމެއް ގޯސް ކޮށް ކުރެވުނު ކަމެއް.
މިހޫނާ ފިނި ދިވެހިންނަކަށް ކަމަކުނުދެޔޯ،..
*ހިޓްސް ދަ އަންފޮލޯ ބަޓަން*
ރުޑް ނޫން އަންހެނެއް ވަރަށް މަދުވާނެ!
މިހޫނާ ޔޭ ؟؟؟ އަހަރެން އަދި ހީކުރީ މެންދުރުގަޑި އެންމެ އަވިބާރު އިރު ކޮންމެވެސް ތާކައްދާ ވާހަކަ ކަމާ ތިދައްކަނީ... ޕިސްޕިސްޕިސް މިހާރުގެ ކުދީންނަށް މިކަޔާ ނަންނަން ދޯ ؟؟
މިހުނާ
ޢޭނާއަށް ކުރެވުނީ ކުށެއް. ޢެކަމު އެކަހަލަ ހީވާގި އުފެއްދުންތެރި ދިވެހިދަރިއަކައް މާފުދީ އޭނާއަށް އިތުރުފުރުސަތެއްދިނުން މުހިއްމު. ގައުމުގެ ބޮޑަތިހިޔާނާތް ތެރިންނައްވެސް މިގަެުމު ދެވަނަފުރުސަތް ކީއްތޯ އެތައްފުރުސަތެއް ދީފައިވޭ.
އޭނަ ކުއްގަބޫލު ކޮއްގެންތާ ދެވަނަ ފުރުސަތަކާ ދޭތެރޭ ވިސްނާނީ ވެސް. އަދި އައިސްސަވެސް ތުއި ދައްކަން އަދި ފޮޓޯ ލާނަމޭ ކިޔާފަ ނު ފުއްޕާނެ. އޭނަ މީހުން ހައްދަވާފަ ހުރިގޮތަށް މަލާމާތް ކޮއްފަ އަދިވެސް މާފަކަށްނޭދޭ.
ޏުޖެހޭ އެދޭކަށްވެސް. މީހަކާ ބެހޭވެސް ކަމެއްނޫން މިހުނާ ކޮންމެ ކަމެއް ކުރިޔަސް