އެމެރިކާގެ އޮރެގަންގައި ދިރިއުޅޭ، އުމުރުން 18 އަހަރުގެ ޓޮރީ ހާރޓް އޭނާ ދިރިއުޅޭ އަވަށުގައި މައްޝޫރުވެފައިވަނީ "އެޑަލްޓް ބެބީ"ގެ ނަމުންނެވެ. އެ އުމުރުގެ އެހެން އަންހެން ކުދިންނާއި ޚިލާފަށް ޓޮރީ ގެ ހެދުން އެޅުންވެސް ހުންނަނީ ތިން އަހަރުގެ ކުޑަކުއްޖަކާއި ދާދި އެއްގޮތަކަށެވެ. މިހެންވެ، ދުވަހަކަށްވުރެ ދުވަހެއް އޭނާގެ މަޤުބޫލުކަން ދަނީ ބޮޑުވަމުންނެވެ.

ޓޮރީ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ، ގިނަމީހުން އޭނާ ފެނުމުން "ލިޓްލް" އޭ ކިޔާ ގޮވާ ކަމަށާއި، އެހެންނަމަވެސް މީހުން ކިޔާ އެއްޗިއްސަށް އަޅާ ނުލާ ކަމުގައެވެ. އަދި މިއީ ފާއިތުވެ ދިޔަ ހަތަރު އަހަރު އޭނާ ކުރަމުން އައި ބޭސް ފަރުވާއަށް އޮތް އެންމެ ބޮޑު ހައްލު ކަމުގައެވެ.

'އެޑަލްޓް ބޭބީ'ގެ ނަމުން މައްޝޫރު ޓޮރީ

"އަހަރެންނަކީ މީގެ ކުރިން ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވެ އެކަމަށް ފަރުވާ ހޯދަމުން އައި މީހެއް. ހަތަރު އަހަރު ވަންދެން އެކި ކަހަލަ ބޭސް ފަރުވާ ކުރެވުނު އިރުވެސް އެއްވެސް ކަހަލަ އެދެވޭ ނަތީޖާއެއް ނުފެނުނު. އެކަމަކު މިހާރު މިހެން އުޅެން ފެށީމަ ވަރަށް ރިލެކްސް. ކުޑައިރު އުޅުނު ގޮތަށް އެއްވެސް ކަމަކާ ހާހެއް ނުވޭ" ޓޮރީ ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

ތިން އަހަރުގެ ކުޑަކުއްޖެއްހެން ނެޕީވެސް ޖަހައިގެން އުޅޭ ޓޮރީ، ވާހަކަ ދައްކާވެސް އުޅެނީ "ބޭބީ ވޮއިސް" އަކުންނެވެ. އަދި ކެއުމަށްވެސް ބޭނުން ކުރަނީ ކުޑަކުދިން ކާ ޒާތުގެ ކާ އެއްޗިއްސެވެ.

ޙަބަރުތައް ބުނާގޮތުގައި، ޓޮރީގެ އާއިލާއާއި ރައްޓެހިންވެސް އޭނާއަށް މި ކަމުގައި އެހީތެރިވެދެއެވެ. އޭނާގެ ޑިޕްރެޝަންގެ ބައްޔަށް މި ކަމުގެ ސަބަބުން ހައްލެއް ލިބިގެން ދާތީ، އެ އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާއނސ

    ތިވެސް ދެން މީހުން މަޝްހޫރުވާން ކުރާކަންތަށް ސއިކޯޕެތްސް

  2. Anonymous

    މީގެ ފިރިހެން ބޭބީ އެއްގެ ވީޑިއޯ ޔޫޓިއުބުގައި އަޕްޑޭޓް ކޮށްފަ ވަރަށް ހެއްވާ!

  3. އޭރިއާނާ

    ބޭބީ އެއް...އެކަމަކު މޭކަޕް ކުރެވޭ