ދެކުނު ކޮރެއާއި އަދި ޖަޕާނުން މިލްކުވެރިކަމުގެ ދައުވާ ކުރަމުން އަންނަ ޑޮކޮޑޯ ނަމަކަށް ކިޔާ މި ޖަޒީރާ ރަށަކީ މި ވަގުތު ދެކުނު ކޮރެއާގެ ބެލުމުގެ ދަށުގައިވާ ރަށެވެ.

1991 ވަނަ އަހަރު އުމުރުން 81 އަހަރުގެ ސިން ޔެއޯލް އަދި އޭނާގެ ފިރިމީހާ މިރަށަށް ބަދަލުވީ އުފާވެރި ޒަވާޖީ ހަޔާތެއް އެކުގައި ވޭތުކުރުމަށެވެ.

އެތަށް އަހަރެއް ވަންދެން ސިން ޔެއޯލް އަދި އޭނާގެ ފިރިމީހާ މި ރަށުގައި ދިރިއުޅުނުއިރު މިހާރު ސިން ޔެއޯލް މިރަށުގައި ދިރިއުޅެމުން ދަނީ އެކަނިމާ އެކަންޏެވެ. އޭނާގެ ފިރިމީހާ ވަނީ ދާދިފަހުން މަރުވެފައެވެ.

ތޫފާން ތަކެއްގައި ޖެހިއްޖެ ނަމަ އެތަށް ހަފްތާއެއް ވަންދެން މި ރަށާއި ބޭރު ދުނިޔެއާއި ގުޅުން ކެނޑިގެން ދެއެވެ. ނަމަވެސް ސިން ޔެއޯލް އަށް އެެއްވެސް ދަތިކަމެއް ނެތި ކާނާ ލިބޭނެ ވަރަށް މި ރަށުގެ ވަށައިގެންވާ މޫދުގައި މަސް ލިބެން ހުރެއެވެ.

މި ވަގުތު އެކަނިވެރި ދިރިއުޅުމެއް އުޅެމުންދާ ސިން ޔެއޯލް މި ރަށުގައި އުޅެން ފެށުނީސް ސުރެން އޭނާ އަކީ ވަރަށް މޮޅު ޑައިވަރެކެވެ. ނަމަވެސް މުސްކުޅިވެ ގައިގެ ބާރު ނެތުމުން 2017 ވަނަ އަހަރު އޭނާ ވަނީ ޑައިވް ކުރުން ހުއްޓާލާފައެވެ.

މިރަށަށް ޗައިނާއިން ވެސް ދަނީ މިލްކުވެރިކަމުގެ ދައުވާ ކުރަމުންނެވެ. 2011 ވަނަ އަހަރުން ފެށިގެން ޗައިނާ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގޯސްވެ މައްސަލަ ހޫނުވީ ދެކުނު ޗައިނާ ކަނޑުގެ ޖަޒީރާ ރަށްތަކެއް ޖަޕާނު މިލްކުވެރިކަން ފާޅު ކުރުމުނެވެ. އޭރު ޗައިނާ އިން ވެސް ދިޔައީ އެ ރަށްތަކުގެ މިލްކުވެރިކަން ހޯދުމަށް މަސައްކަތްކުރަމުންނެވެ.

ދެކުނު ޗައިނާ ކަނޑުގައިވާ ޖަޒީރާ ރަށްތަކުގެ މައްސަލާގައި މި ދެގައުމު ދެމެދުގައި ވަރުގަދަ ހަގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވެސް މިހާރު އެބައޮތެވެ. އަނެއްކޮޅުން ދެކުނު ކޮރެއާ, ޖަޕާން ވެސް އޮތީ ދޫދޭގޮތަކަށް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޭނަ

    އެކަނިއުޅެނިކޮށް މަރުވެއްޖާ ކިހިނެއް ވާނީ. އެކަނި އުޅުން ރަނގަޅެއް ނޫން