ބައެއް ފަހަރު ވިސްނާ ނުލާ ކުރެވޭ ބައެއް ކަންތައްތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ކުރިމަތިވެއެވެ. ކޮންމެ ފަހަރަކު އެފަދަ ހާދިސާއެއްގެ ސަބަބުން ބޮޑު ގެއްލުމެއް ނުލިބުނު ނަމަވެސް ދެވަނަ ފަހަރަށް ބައެއް ކަންކަމާއި މެދު ވިސްނާލަށް މަޖުބޫރު ކުރުވައެވެ.

ޓްވިޓާގައި ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަނީ ޓްރިން ނަމަކަށް ކިޔާ ޒުވާން އަންހެން ކުއްޖަކު ހެދުމެއް ހެޔޮވަރު ކޮށްލުމަށް ފަހު ސެލްފީއެއް ނަގަން އުޅޭ މަންޒަރެވެ. ބިލިގާ މައްޗަށް ކޮޅަށް ތެދުވެ ރީތި ސެލްފީއަކަށް ހުއްޓުލަން ޓްރިން މަސައްކަތް ކުރެއެވެ.

ނަމަވެސް ކުއްލިއަކަށް އޭނާ ވެއްޓި މުށިގަނޑު މަތީގައި ޖެހެން ނެގީ ސިކުންތު ކޮޅެކެވެ.

ޝަވާ ކާޓެން ހަރުކޮށްފައިވާ ރޮޑް ނައްޓާލައިގެން ނިކަން ފަސޭހައިން ޓްރިން ވެއްޓޭ މަންޒަރުން ހިތުގައި ހަމްދަރުދީ އުފެދުނު ނަމަވެސް ގިނަ ބަޔަކު ގެންދަނީ މިހާރު އެވީޑިއޯ ޝެއާ ކުރަމުންނެވެ. ވީޑިއޯ ބެލި މީހުންގެ އަދަދު މިހާރު ވަނީ 4.82 މިލިއަނަށް އަރާފައެވެ.

https://twitter.com/itmightbetrin/status/1098027026903113729

ނުރައްކާތެރި ގޮތަކަށް ޓްރިން ވެއްޓުނު ނަމަވެސް ބޮޑު އަނިޔާއެއް ނުލިބި ސަލާމަތް ވުމުން އޭނާ ހުރީ އުފަލުންނެވެ.

ނަމަވެސް ބައެއް މީހުން ގެންދަނީ ޓްރިން ޑޮކްޓަރަށް ދައްކާލާ، އޭނާގެ ހަށިގަނޑަށް ގެއްލުމެއް ލިބިފައި ނެތްތޯ ކަށަވަރު ކުރުމަށް ލަފާ ދެމުންނެވެ. އެކަމާއި ބެހޭ ގޮތުން އޭނާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު