ދުނިޔޭގެ އެންމެ މަޤްބޫލް މީސްމީޑިޔާ ކަމުގައިވާ ފޭސްބުކް ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވެއްޖެއެވެ.

"ޑެއިލީ މެއިލް" ރިޕޯޓް ކޮށްފައިވާ ގޮތުގައި ފޭސްބުކް ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވެގެން އުޅޭ ކަމަށް ދުނިޔޭގެ އެކި ސަރަހައްދުތަކުންވަނީ ރިޕޯޓްކޮށްފައެވެ. ފޭކްބުކް ބޭނުން ކުރުމުގައި އެންމެ ބޮޑަށް ދަތި ތައް ދިމާވެފައިވަނީ އެމެރިކާ އަދި އެފްރިކާގެ ސަރަހައްދުގެ ޤައުމުތަކަށެވެ.

ފޭސްބުކް ބޭނުން ކުރާއިރު، ފޭސްބުކް އެޕްލިކޭޝަން ބައެއް ފަރާތްތަކަށް ނުހުޅުވޭ ކަމަށް ބައެއް މީޑިޔާތަކުން ބައެއް ފަރާތްތަކުން ޓްވިޓަރގައިވަނީ ބުނެފައެވެ. އަދި ފޮޓޯ ޝެއަރކޮށް ލައިކް ކުރުމުގައިވެސް ބައެއް ފަރާތްތަކަށްވަނީ ދަތިކަމެއް ކުރިމަތިވެފައެވެ.

ފޭސްބުކް މިގޮތަށް ޑައުންވުމަކީ އާއްމުކަމެކެވެ. މިކަމާ ގުޅޭ ގޮތުން ފޭސްބުކް އިން މިހާތަނަށް ބަޔާނެއް ނެރެފައިއެއް ނުވެއެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަހަހަ.....

    މަށަށް ރަނގަޅީ ދަތިތައްދިމާވެގެން އެންމެ ފަހުން ޔޫސް ވެސް ނުކުރެވުނީޔާ.........