ކުޑަ ކުދިންނަށް ކިހާ ވަގުތަކު ނިންދަވަން ޖެހޭ ހެއްޔެވެ؟ ގިނަ ފަހަރަށް މިއީ ގިނަ މައިން ބަފައިން ހަނދާނުގައި ބަހައްޓާ ކަމެއް ނޫނެވެ. ކުއްޖާ ނިދި ގެއްސުމުން ނިންދަނީއެވެ. ހޭލެވުމުން، ދެން ނިންދަވާކަށް ނޫޅެއެވެ.

ނަމަވެސް މިއީ މިކަން އަސްލު އޮންނަން ޖެހޭ ގޮތެއް ނޫނެވެ. ތިރީގައި އެވަނީ އެމެރިކަން އެކަޑަމީ އޮފް ސްލީޕް މެޑިސިން އިން ކުޑަކުދިންނަށް ހާއްސަކޮށްގެން ނެރުނު ކުޑަ ކުދިންނަށް ބޭނުންނާ ނިދީގެ ގައިޑް ލައިންއެކެވެ.

  • އުމުރުން 4-12 މަހާ ދެމެދުގެ ކުދިންނަށް: 12-16 ގަޑިއިރު، (ދުވާލުގެ ނިންޖާ އެކު)
  • އުމުރުން 1-2 އަހަރާ ދެމެދުގެ ކުދިންނަށް: 11-14 ގަޑިއިރު
  • އުމުރުން 3-5 އަހަރުގެ ކުދިންނަށް: 10-13 ގަޑިއިރު
  • އުމުރުން 6-12 އަހަރުގެ ކުދިންނަށް: 9-13 ގަޑިއިރު
  • އުމުރުން 13-18 އަހަރުގެ ކުދިންނަށް: 8-10 ގަޑިއިރު

އެމެރިކަން އެކަޑަމީ އޮފް ސްލީޕް މެޑިސިން އިން ހާމަ ކުރާ ގޮތުގައި ކުއްޖާއަށް ބޭނުންވާ ވަރަށް ނިދި ނުލިބިއްޖެ ނަމަ އަމިއްލައަށް މަރުވުން ފަދަ ޚިޔާލުތައް ކުއްޖާގެ ސިކުނޑިއަށް އަންނާނެއެވެ. އަދި ކުއްޖާ ފަލަވުމާއި، އަދި އިތުރު ބަލިތަކާ ކުރިމަތިވާނެއެވެ.